ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)138-AS4/1/2015/335
ޕަބްލިޝްކުރި ތާރީޚް: 23 ނޮވެންބަރު 2015
ޕަބްލިޝްކުރި ގަޑި: 14:27
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އިޢުލާން ބާޠިލުކުރުން

މި މިނިސްޓްރީގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީ ޑިވެލޮޕްމަންޓް ޑިޕާޓްމަންޓަށް "ޑިރެކްޓަރ ޖެނެރަލް، ކޮންސްޓްރަކްޝަން އިންޑަސްޓްރީ ޑިވެލޮޕްމަންޓް" މަޤާމަށް މީހަކު ހޯދުމަށް ކޮށްފައިވާ ނަންބަރު IUL)138-AS4/1/2015/77)ފ(17 މާރިޗު 2015) އިޢުލާނާ ގުޅޭގޮތުން ދަންނަވަމެވެ.

ސިވިލް ސަރވިސް ކޮމިޝަނުގެ ނަންބަރު 2015/32 (30 ސެޕްޓެންބަރު 2015) ސަރކިއުލަރއިން މިނިސްޓްރީތަކުގެ ހުސްވެފައިވާ މަޤާމުތަކަށް މީހުން ނެގޭނީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ހުއްދަ ލިބި ބަޖެޓް ހަމަޖެހިގެން ކަމުގައި ބަޔާންކޮށްފައިވެއެވެ. އެހެންކަމުން، މަތީގައި ދެންނެވުނު މަޤާމަށް މީހަކު ނެގުމަށް ބަޖެޓް ހަމަނުޖެހުމުން، އެ އިޢުލާން ބާޠިލު ކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

11 ޞަފަރު 1437

23 ނޮވެންބަރު 2015