މުބާރާތް
ނަންބަރު: (IUL)450-CA/1/2015/36
ޕަބްލިޝްކުރި ތާރީޚް: 19 ނޮވެންބަރު 2015
ޕަބްލިޝްކުރި ގަޑި: 11:50
ސުންގަޑި: 30 ނޮވެންބަރު 2015 13:30
ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
ދިވެހިރާއްޖެ
އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރެވޭ 16 ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން ބާއްވާ ކުރެހުމުގެ މުބާރާތް

މަޤްޞަދު: އަންހެނުންނަށް ކުރެވޭ އަނިޔާތައް ހުއްޓުވުމާމެދު އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުން

      އަންހެނުންނަށް ކުރާ އަނިޔާތައް ހުއްޓުވުމުގައި މުޖުތަމަޢުގެ ރޯލް އިތުރުކުރުން އަދި ފަރުދީ ޒިންމާގެ މުހިންމުކަމަށް ސަމާލުކަން ގެނައުން

ތީމް:   އަންހެނުންނަށް ކުރާ އަނިޔާ

އިނާމު:  1 ވަނަ އިނާމު -/2000 ރުފިޔާ

      2 ވަނަ އިނާމު -/1500 ރުފިޔާ

      3 ވަނަ އިނާމު -/1000 ރުފިޔާ

ބައިވެރިން: ކުރެހުންތައް ހުށަހެޅޭނީ 18 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް.

ކުރެހުން ހުށަހެޅުން: މުބާރާތަށް ހުށަހަޅާ ކުރެހުންތައް ހުށަހަޅަންޖެހޭނީ 30 ނޮވެންބަރު 2015 ވަނަ ދުވަހުގެ 13:30 ގެ ކުރިން ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ އީމެއިލް އެޑްރެސް [email protected] އަށެވެ. ހުށަހެޅޭ ކުރެހުންތަކާއެކު ކުރެހުން ފޮނުވި ފަރާތުގެ ނަމާއި އައި.ޑީ.ކާޑުގެ ނަންބަރު އަދި ގުޅޭނެ ނަންބަރެއް ފޮނުވަންވާނެއެވެ.

            ހުށަހެޅޭ ކުރެހުންތަކާއެކު ކުރެހެމުން ދައްކުވައިދޭ މެސެޖް ނުވަތަ ކުރެހެމުގެ ކުރު ކެޕްޝަނެއް ހުށަހަޅަންވާނެއެވެ. މިގޮތުން ހުށަހަޅާ މެސެޖް ނޫނީ ކެޕްޝަން ދިވެހިބަހުން ނޫނީ އިނގިރޭސިބަހުން ހުށަހެޅިދާނެއެވެ.

ވަނަ ހޮވުން:     ކުރެހުންތަކަށް ވަނަ ހޮވުމުގައި ބެލޭނީ ތިރީގައިވާ ކްރައިޓީރިއާއަށެވެ.

            ފޭސްބުކް ލައިކްސް %30

            ޕެނެލްގެ މާކްސް %50

            ފޮޓޯ މައުޟޫޢާ ގުޅޭ މިންވަރާއި މެސެޖް %20

އެހެނިހެން:      ހުށަހެޅޭ ކުރެހުންތަކުގެ ތެރެއިން މުޖުތަމަޢު ބަލައިގަންނަ ސުލޫކީ މިންގަނޑުތަކަށް ފެތޭ ކުރެހުންތައް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ފޭސްބުކް ޕޭޖަށް 30 ނޮވެންބަރު 2015 އަށް ފަހު އަޕްލޯޑްކުރެވޭނެއެވެ.

            މުބާރާތަށް ފޮނުވާ ކުރެހުމަކީ އެކުރެހުން ކުރެހި ފަރާތެއްގެ އަމިއްލަ އުފެއްދުމަކަށް ވާންވާނެއެވެ. ހުށަހެޅިފައިވާ ކުރެހުމަކީ އެހެން ފަރާތެއްގެ މިލްކެއްކަމަށް އޮތޯރިޓީއަށް ފާހަގަކުރެވިއްޖެ ހާލަތެއްގައި އިތުރު އެންގުމަކާ ނުލައި އެކުރެހުމެއް ޑިސްކޮލިފައިވާނެއެވެ.

            އަދި އެހެން ފަރާތެއްގެ ކުރެހުމެއް މުބާރާތުގައި ބައިވެރިކޮށްގެން އެއްވެސް ޒިންމާއެއް އުފުލަން ޖެހިއްޖެނަމަ އެޒިންމާ އުފުލަންޖެހޭނީ ކުރެހުން ހުށަހެޅި ފަރާތަކުންނެވެ.

އިތުރު މަޢުލޫމާތު: ފޯން: 3010551

07 ޞަފަރު 1437

19 ނޮވެންބަރު 2015