ދިވެހިރާއްޖެ
އިޢުލާން
ރައްޔިތުންނާއި ބައްދަލުކުރުން
ތިނަދޫ ސިޓީގައި ސަރުކާރުން ޤާއިމްކުރާ ސޯލާ އަދި ޓްރާންސްފޮމަރ ބެހެއްޓުމުގެ މަޝްރުޢުގެ ދަށުން ރަށުގެ ބައެއް މަގުތައް ކޮނުމުގެ ކަންތައް ފެއްޓުމުގެ ކުރިން ފުރިހަމަކުރަންޖެހޭ އިޖުރާއަތްތަކުގެ ދަށުން، މަޝްރޫޢު ކުރިއަށްދާނެ ގޮތުގެ ދާއިރާ އާއި، މަސައްކަތުގެ ތާވަލުގެ އިތުރުން ޝަކުވާ ހުށަހެޅުމަށް ގާއިމުކޮށްފައިވާ ނިޒާމާ ގުޅޭގޮތުން އާންމުންނަށް މަޢުލޫމާތު ދިނުމަށްޓަކައި، 7 ޖެނުއަރީ 2026 ގައި ތިނަދޫގައި މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވައިރަމަންޓްއިންވަނީ އެދިފައެވެ. މިބައްދަލުވުން އޮންނާނީ ތިނަދޫ އާބާދީ މަރުކަޒުގައި 07 ޖެނުއަރީ 2026 ވާ ބުދަ ދުވަހުގެ 20:30ގައެވެ.
ވީމާ، މި ބައްދަލުވުމުގައި ތިނަދޫ ސިޓީގެ ލޮބުވެތި ރައްޔިތުންނަށް މި މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވެ ޙިޔާލު ހުށަހެޅުމަށް ދަޢުވަތު އަރުވަމެވެ.