ކުއްޔަށް ދިނުން
ނަންބަރު: (IUL)138-AS6/1/2015/334
ޕަބްލިޝްކުރި ތާރީޚް: 18 ނޮވެންބަރު 2015
ޕަބްލިޝްކުރި ގަޑި: 10:29
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކެފޭ ރެސްޓޯރަންޓް ހިންގުމަށް ބިން ކުއްޔަށް ދޫކުރުމުގެ އިޢުލާން ބާޠިލުކުރުމާގުޅޭ
މާލޭ ހުޅަނގު ދެކުނު ސަރަޙައްދުންނާއި އަލިމަސް އުފާ ކާނިވާ ސަރަޙައްދުން ކެފޭ ރެސްޓޯރަންޓް ހިންގުމަށް ބިން ކުއްޔަށް ދޫކުރުމުގެ އިޢުލާން ބާޠިލުކުރުމާގުޅޭ:
މާލޭ ހުޅަނގު ދެކުނު ސަރަޙައްދުންނާއި އަލިމަސް އުފާ ކާނިވާ ސަރަޙައްދުން ކެފޭ ރެސްޓޯރަންޓް ހިންގުމަށް ބިން ކުއްޔަށް ދޫކުރުމަށް، 27 އޮކްޓޫބަރު 2015 ވަނަ ދުވަހު މި މިނިސްޓްރީން ކުރި ނަންބަރު IUL)138-AS6/1/2015/324) އިޢުލާން ބާޠިލުކޮށްފައިވާތީ ދަންނަވަމެވެ. މި އިޢުލާނާ ގުޅިގެން މި މިނިސްޓްރީއަށް ހުށަހަޅާފައިވާ އެޕްލިކޭޝަންތައްވެސް ބާޠިލު ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
އަދި، މި ބިންތަކާ ގުޅިގެން މި މިނިސްޓްރީން ޢަމަލުކުރާނެ ގޮތްތަކެއް ފަހުގެ ތާރީޚެއްގައި ހިއްސާކުރެވޭނެ ކަމުގައި ދަންނަވަމެވެ. ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރަމެވެ.
06 ޞަފަރު 1437
18 ނޮވެންބަރު 2015