ޢާންމު މަޢުލޫމާތު
ނަންބަރު: GS-168/IUL/2015/25
ޕަބްލިޝްކުރި ތާރީޚް: 18 ނޮވެންބަރު 2015
ޕަބްލިޝްކުރި ގަޑި: 10:14
ސުންގަޑި: 26 ނޮވެންބަރު 2015 14:00
ދިއްގަރު ސްކޫލް
ދިވެހިރާއްޖެ
ގްރޭޑް 1 އަށް ކުދިން ވެއްދުން

2016 ވަނަ އަހަރަށް ގްރޭޑް 1 އަށް ކުދިން ވެއްދުމުގެ ފުރުޞަތު 19 ނޮވެންބަރު 2015 ވާ ބުރާސްފަތި ދުވަހުން ފެށިގެން ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ. ވީމާ، ގްރޭޑް 1 އަށް ކުދިން ވައްދަން އެދިވަޑައިގަންނަވާ ފަރާތްތަކުން ސްކޫލުން ދޫކުރާ "ސްކޫލަށް ކުދިން ވައްދަން އެދޭ ފޯމު" ފުރުއްވުމަށްފަހު، ފޯމާއެކު މިދަންނަވާ ތަކެތި 26 ނޮވެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި ސްކޫލަށް ހުށަހެޅުއްވުން އެދެމެވެ.

1. ދަރިވަރުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ އުފަންދުވަހުގެ ސެޓުފިކެޓުގެ އަސްލާއި އޭގެ ކޮޕީ

2. ވެކްސިން ކާޑު

3. ކުރިން ކިޔެވި ސްކޫލުގެ ލީވިންގ ސެޓުފިކެޓުގެ ކޮޕީ

4. ކުރިން ކިޔެވި ސްކޫލުގެ ރިޕޯޓް ފޮތް

5. ސްޓޭމްޕް ސައިޒުގެ ފޮޓޯ

* ސްކޫލުގެ ގްރޭޑް 1 އަށް ކުދިން ވެއްދޭނީ ތިރީގައި މިދަންނަވާ އުސޫލުތަކުގެ މަތިންނެވެ.

ހ) މި ސްކޫލުގެ ގްރޭޑް 1 އަށް ވައްދާ ކުދިން ސްކޫލުގައި ރަޖިސްޓަރީކުރާނީ އެކުއްޖަކު ފުރިހަމަކުރަންޖެހޭ ވެކްސިން ޑޯޒްތައް ފުރިހަމަކޮށްފައިވާކަން ކަށަވަރުކޮށް ސަރުކާރު ޤަބޫލުކުރާ ޞިއްޙީ ޚިދުމަތްދޭ ތަނަކުން ދީފައިވާ ލިޔުމާއެކު، ދަރިވަރުގެ އައި ޑީ ކާޑު ނުވަތަ އުފަންދުވަހުގެ ރަޖިސްޓަރީ އަދި ދަރިވަރު ސްކޫލަށް ވައްދަން އެދޭ ފޯމު ފުރިހަމަކޮށް ބެލެނިވެރިޔާ ހުށަހެޅުމުންނެވެ. ސްކޫލަށް ވަނުމުގެކުރިން ފުރިހަމަކުރަންޖެހޭ ވެކްސިން ޑޯޒްތައް ފުރިހަމަކޮށްފައިނުވާ ދަރިވަރުން ކަނޑައެޅޭ މުއްދަތެއްގެތެރޭގައި ވެކްސިން ޑޯޒްތައް ފުރިހަމަކުރުމަށް ބެލެނިވެރިޔާ އެއްބަސްވާނަމަ އެދަރިވަރު ސްކޫލުގައި ރަޖިސްޓަރީ ކުރެވިދާނެއެވެ.

(ށ) ގްރޭޑް 1 އަށް ކުދިން ވައްދާނީ ދަރިވަރަކު ސްކޫލަށް ވަންނަން ބޭނުންވާ މީލާދީ އަހަރެއްގެ ޖަނަވަރީމަހުގެ 1 އަށް 6 އަހަރު ފުރި 7 އަހަރު ނުފުރޭ ކުދިންނެވެ.                                     

(ނ) ނުވަތަ އެއަހަރުގެ 31 މާރިޗުގެ ނިޔަލަށް 6 އަހަރު ފުރޭ ދަރިވަރުންގެ ތެރެއިން ޕްރީސްކޫލް މަރުޙަލާއާއި ޔޫ.ކޭ.ޖީ މަރުޙަލާގައި ހާސިލުވާންޖެހޭ މިންވަރު ހާސިލުވެފައިވާ ދަރިވަރުންނެވެ. މިގޮތުން ގްރޭޑް 1 އަށް ވަންނަން އެދޭ ކުއްޖާއަށް ޔޫ.ކޭ.ޖީ މަރުޙަލާގައި ކިޔަވައިދިން ޓީޗަރު ނުވަތަ އެދަރިވަރު ކިޔެވި ޕްރީސްކޫލުން އެ ދަރިވަރަކީ ގްރޭޑް 1 ގެ މަރުޙަލާގައި ކިޔެވުން ކުރިއަށްގެންދިއުމުގެ ޤާބިލްކަންހުރި ދަރިވަރެއްކަން ބަޔާންކުރާ ލިޔުމެއް ހުށަހަޅަންވާނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނު ކުރަމެވެ.

18 ނޮވެންބަރު 2015