ދިވެހިރާއްޖެ
މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ކ.ގާފަރު، ދިވެހިރާއްޖެ ނަމްބަރ:331/331/2025/102(IUL)
އިޢުލާން
ބެކްހޯވް ލޯޑަރ ކުއްޔަށް ދިނުމާއިގުޅޭ
މިކައުންސިލްގެ ބެކްހޯވް ލޯޑަރ ޢާއްމު ފަރާތްތަކުގެ ބޭނުމަށް ކުއްޔަށް ދިނުމަށްވަނީ ހަމަޖެހިފައެވެ. ބެކްހޯވް ލޯޑަރ ކުއްޔަށް ދިނުމަށް ހަމަޖެހިފައިވަނީ ފުރަތަމަ 4 ގަޑިއިރަށް ގަޑިއަކަށް -/500 ރުފިޔާ ގެ ރޭޓުން އަދި ފުރަތަމަ 4 ގަޑިއިރުގެ އިތުރުންހިނގާ ކޮންމެ ގަޑިއަކަށް -/400 ރުފިޔާ ގެ ރޭޓުންނެވެ.
ވީމާ، ބެކްހޯވް ލޯޑަރ ކުއްޔަށް ހިފުމަށް ބޭނުންފުޅުވާ ފަރާތްތަކުން "ބެކްހޯވް ލޯޑަރ ހޯދުމަށް އެދި ހުށަހަޅާ ފޯރމް" ފުރުއްވައި މިއިދާރާގެ ރަސްމީގަޑީގައި ހުށަހެޅުއްވުން އެދެމެވެ.