ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ކޫލް ސްކޫލް ޕްރޮޖެކްޓްގެ ދަށުން މި ސްކޫލްގެ ކްލާސްރޫމްތަކުގައި ކުރަން ޖެހޭ މަރާމާތުތައް ކުރުން
ކޫލް ސްކޫލް މަޝްރޫޢުގެ ދަށުން ސްކޫލްތައް އެއަރކަންޑިޝަން ކުރުމަށްޓަކައި ސްކޫލްގެ ކުލާސްރޫމުތަކާއި، ހޯލްގެ ސީލިންގގެ އަދި ދޮރުތަކުގައި ކޮންމެހެން ކުރަންޖެހޭ މަރާމާތުތައް ކުރުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތް، އަމިއްލަ ތަކެތީގައި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. އަދި އެކަށީގެންވާ އަގެއްގައި ހުށައަޅާ ފަރާތަށް މި މަސައްކަތް ދިނުމުގެ ފުރުޞަތު އޮންނާނެއެވެ.
- މި މަސައްކަތް ކުރުމަށް އަންދާސީ ހިސާބު ހުށަހެޅޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި (19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
- މިޕްރޮކިއުމަންޓުގައި ރަޖިސްޓްރީ ކުރުމަށް 2025 ޑިސެމްބަރ 31 ން 2026 ޖެނުއަރީ 04 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ނިޔަލަށް އެޓޭޗް ކޮށްފައިވާ "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ތިރީގައި ބަޔާންކޮށްފައިވާ މެއިލް އެޑްރެސް މެދުވެރިކޮށެވެ. ކޯޓޭޝަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
3. މި ޕްރޮޖެކްޓާއި ގުޅޭ އެންމެހާ މަޢުލޫމާތު ހޯދުމަށް 2026 ޖެނުއަރީ 05 ވާ ހޯމަ ދުވަހުގެ 13:00 އަށް ސްކޫލް އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފްކުރެއްވުން އެދެމެވެ.
4.އަންދާސީ ހިސާބު ހުށަހަޅުއްވާނީ ވިޔަފާރީގެ ނަމުގައި ތައްޔާރުކުރެވިފައިވާ ކޯޓޭޝަންއަކުން ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަންދާސީ ހިސާބުގައި އަގުތައް ވަކިންއެގޭނެގޮތަށެވެ.
5.އަންދާސީ ހިސާބު ހުޅުވުން އޮންނާނީ އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ޙާޟިރުގައެވެ. ގަޑިޖެހިގެން ހާޒިރުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. މައުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާތިލް ކުރެވޭނެއެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށްފައިވާ ސިޓީއަކާއިއެކު ފޮނުއްވުމަށް ދަންނަވަމެވެ.
ބ. އަތޮޅު މަދަރުސާ
ފޯން: 6600034
އީ-މެއިލް: [email protected]
ކޮޕީ-މެއިލް: [email protected]
11 ރަޖަބް 1447
31 ޑިސެމްބަރ 2025