މަސައްކަތް
ނަންބަރު: (IUL)306/306/2015/116
ޕަބްލިޝްކުރި ތާރީޚް: 15 ނޮވެންބަރު 2015
ޕަބްލިޝްކުރި ގަޑި: 08:36
ސުންގަޑި: 29 ނޮވެންބަރު 2015 13:00
މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސެކިއުރިޓީ ބެލެހެއްޓުމާބެހޭ

ރަސްމާދޫ ކައުންސިލް އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުމާބެހޭ

2015 ވަނަ އަހަރު މިއިދާރާގެ ސެކިއުރިޓީ ބެލެހެއްޓުމަށް މިހާރު ހަވާލު ކުރެވިފައިވާ ފަރާތުގެ މުއްދަތު މިއަހަރުގެ ޑިސެންބަރުމަހު ހަމަވާތީ 2016 ވަނައަހަރު މިއިދާރާގެ ސެކިއުރިޓީ ބެލެހެއްޓުމަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކުން، 29 ނޮވެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 01 ޑިސެންބަރު 2015 ވާ އަންގާރަ ދުވަހުގެ 13:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ތައްޔާރުކުރެވިފައި ހުންނަންވާނީ " ކައުންސިލް އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުން އައުޓްސޯސް ކުރުމުގެ މަޢުލޫމާތު " ކަރުދާހުގައިވާ މަޢުލޫމާތު އެކުލެވޭ ގޮތަށެވެ.

މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް މިފުރުޞަތުގައި ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6580049 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

15 ނޮވެންބަރު 2015