ބީލަން
ނަންބަރު: PM/IL/2025/009
ޕަބްލިޝްކުރި ތާރީޚް: 30 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 16:28
ސުންގަޑި: 18 ޖަނަވަރީ 2026 11:30
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ޕޭމަންޓް މޯލްޑިވްސް އަށް 15 (ފަނަރަ) ލެޕްޓޮޕް ގަތުން

މި އޮތޯރިޓީން ދޭ މަޢުލޫމާތާ އެއްގޮތަށް 15 (ފަނަރަ) ލެޕްޓޮޕް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.

 

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ބީލަމުގައި ރަޖިސްޓްރީ ވުމަށް ކަނޑައަޅާފައިވާ ސުންގަޑި ހަމަވުމުގެ ކުރިން، ޝައުޤުވެރިވާ ފަރާތުގެ ނަން، ގުޅޭނެ ފަރާތުގެ ތަފްސީލް މައުލޫމާތު (ނަން، މަޤާމު، އީމެއިލް އަދި ފޯނު ނަންބަރު) އިންގޭނެ ގޮތަށް [email protected] އަށް އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީކުރުމަށްފަހު، ތިރީގައިވާ ތާވަލާއި އެއްގޮތަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ތަފްސީލް

ތާރީޚް

ދުވަސް

ގަޑި

ބީލަމުގައި ރެޖިސްޓަރ ވުމުގެ ސުންގަޑި

8 ޖަނަވަރީ 2026

ބުރާސްފަތި

11:00

އީމެއިލް މެދުވެރިކޮށް މައުލޫމާތު ސާފުކުރުމުގެ ސުންގަޑި

13 ޖަނަވަރީ 2026

އަންގާރަ

11:00

އަންދާސީ ހިސާބު ހުށަހެޅުން

18 ޖަނަވަރީ 2026

އާދީއްތަ

11:30

 

މިކަމަށް އަންދާސީ ހިސާބު ހުށަހެޅޭނީ ބީލަމުގައި ރަޖިސްޓްރީވުމަށް ކަނޑައަޅާފައިވާ ދުވަހުގެ 11:00 އާ ހަމައަށް ބީލަމުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ. އަދި މި ބީލަމުގެ އާރ.އެފް.ޕީ، ބީލަމުގައި ރަޖިސްޓަރ ވާ ފަރާތްތަކާއި ހިއްސާ ކުރެވޭނެއެވެ. އަންދާސީ ހިސާބު ހުށަހަޅަން ކަނޑައަޅާފައިވާ ވަގުތުގެ ފަހުން ހުށަހެޅޭ ބިޑުތައް ބަލައި ނުގަނެވޭނެއެވެ. އަދި ބިޑު ހުށަހެޅި ފަރާތްތަކުގެ ހާޒިރުގައި ބިޑުތައް ހުޅުވައި، އަގުތައް އިނގެނޭ ލިޔުން ބިޑު ހުށަހެޅި ފަރާތްތަކާ ހިއްސާ ކުރެވޭނެއެވެ.

30 ޑިސެންބަރު 2025