މަސައްކަތް
ނަންބަރު: IU-336/2015/19
ޕަބްލިޝްކުރި ތާރީޚް: 15 ނޮވެންބަރު 2015
ޕަބްލިޝްކުރި ގަޑި: 08:35
ސުންގަޑި: 26 ނޮވެންބަރު 2015 10:00
މާލެއަތޮޅު ގުޅީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޤަބުރުސްތާނުގެ ވަށާފާރު މަރާމާތު ކުރުމަށް

ޤަބުރުސްތާނުގެ ވަށާފާރު މަރާމާތު ކުރުމަށް ބޭނުންވެއްޖެ:

މާލެއަތޮޅު ގުޅީގައި މިހާރު ބޭނުންކުރަމުންގެންދާ ޤަބުރުސްތާނުގެ ވަށާފާރު މަރާމާތު ކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މާލެއަތޮޅު ގުޅީ ކައުންސިލްގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް

އަންދާސީހިސާބު ހުށަހެޅުއްވުމަށް

26 ނޮވެންބަރު 2015 (ބުރާސްފަތި) ދުވަހުގެ 10:00 އަށް

06 ޑިސެންބަރު 2015 (އާދީއްތަ) ދުވަހުގެ 10:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ.

ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

15 ނޮވެންބަރު 2015