ދެންނެވުން
ނަންބަރު: 2025/10
ޕަބްލިޝްކުރި ތާރީޚް: 30 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 15:16
ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
01 ނޮވެންބަރު 2025 ން ފެށިގެން ވަޒީފާއާ ގުޅޭ މަސައްކަތްތައް "ސީއެސްވިއުގަ" އިން ކުރިއަށްގެންދިއުން މަޑުޖައްސައިލައިފައިވުން ނިމުމަކަށް ގެނައުން

ސިވިލް ސަރވިސް މުވައްޒަފުންގެ ތެރެއިން މިހާތަނަށް ދައުލަތުގެ އައު ޕޭ ފްރޭމްވަރކަށް ބަދަލުވެފައިނުވާ ދާއިމީ މުވައްޒަފުން، 01 ނޮވެންބަރު 2025 ން ފެށިގެން ދައުލަތުގެ އައު ޕޭ ފްރޭމްވަރކަށް ބަދަލުކުރުމަށް ނިންމެވުމާ ގުޅިގެން، މި ކޮމިޝަނުން ވަޒީފާއާ ގުޅޭ މަސައްކަތްކުރުމަށް ބޭނުންކުރާ ސޮފްޓްވެއަރ "ސީއެސްވިއުގަ" އަދާހަމަކުރުމަށް ޓަކައި، ވަޒީފާއާ ގުޅޭ މަސައްކަތްތައް ސީއެސްވިއުގައިން ކުރިއަށްގެންދިއުން މަޑުޖައްސައިލައިފައިވުން ނިމުމަކަށް ގެނެސް، ވަޒީފާތަކަށް މީހުން ހަމަޖެއްސުމަށް ސީއެސްވިއުގައިން ހުށަހެޅުމުގައި ތިރީގައިވާ ލިންކުގައިވާ މިންގަނޑާ އެއްގޮތަށް ޢަމަލުކުރެއްވުމަށް ދަންނަވަމެވެ.

އަދި، މި ކަމާ ގުޅޭގޮތުން އިދާރާތަކުން ސަމާލުކަންދޭންޖެހޭ ކަންތައްތައް މި މިންގަނޑުން އަދާހަމަކުރަމުންދާނެތީ، މި މިންގަނޑު ތިރީގައިވާ ލިންކުން ބެއްލެވުމަށް ސަމާލުކަންދެއްވުމަށް ވެސް ދެންނެވީމެވެ.

https://www.csc.gov.mv/Policy/Index/103

 

 

30 ޑިސެންބަރު 2025