ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)383-ESD/383/2025/173
ޕަބްލިޝްކުރި ތާރީޚް: 30 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 13:58
ސުންގަޑި: 08 ޖަނަވަރީ 2026 13:00
ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2026 ވަނަ އަހަރު ޕްރީސްކޫލް ދަރިވަރުން ރަޖިސްޓްރީކުރުމާ ގުޅޭ

2026 ވަނަ އަހަރު ކައުންސިލުން އަލަށް ފަށާ ސްމާޓް އެދުރު ޕްރީސްކޫލްގެ ނާސަރީ އަދި ޕްލޭސްކޫލް އަށް ދަރިވަރުން ރަޖިސްޓްރީކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލަމެވެ. ސްކޫލަށް ކުދިން ރަޖިސްޓްރީކުރުމަށް އެދޭ ފަރާތްތަކުން 2026 ޖަނަވަރީ 08 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ހުށަހެޅުން އެދެމެވެ.

https://forms.gle/5wJTuJg8v93qLUwE6

            ކުދިން ރަޖިސްޓްރީ ކުރެވޭނެ އުމުރުފުރާގެ ތަފްސީލް ތިރީގައި އެވަނީއެވެ.

ގްރޭޑް

އުމުރުފުރާ

ޕްލޭސްކޫލް

2025 ޑިސެންބަރު 31 ށް 2 އަހަރު ފުރި 3 އަހަރު ނުފުރޭ ކުދިން

ނާސަރީ

2025 ޑިސެންބަރު 31 ށް 3 އަހަރު ފުރި 4 އަހަރު ނުފުރޭ ކުދިން

              

               މަތީގައި ބަޔާންކުރެވިފައިވާ އުމުރުފުރާތަކުގެ އިތުރުން 2026 މާރިޗު 31 ގެ ނިޔަލަށް އުމުރު ހަމަވާ ކުދިންވެސް ބެލެނިވެރިޔާ އެދިއްޖެނަމަ ރަޖިސްޓްރީކޮށްދެވޭނެއެވެ.

               އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ރަސްމީ ގަޑީގައި މިއިދާރާގެ ނަންބަރު 6780701 ފޯނަށް ގުޅުއްވުން އެދެމެވެ.

30 ޑިސެންބަރު 2025