ދިވެހިރާއްޖެ
ދިއްދޫގެ ހުޅަނގުފަރާތު ފަޅު ހިއްކުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާތީ، ހުޅަނގުފަރާތު ފަޅުގައި އޮޑިދޯނިފަހަރު އަޅައި އެފަޅު ބޭނުންކުރަމުން ގެންދާ ފަރާތްތަކުންނާއި އަދި ރަށުގެ ހުޅަނގުފަރާތަށް އޮޑިދޯނި ފަހަރު އެހެލާފައިވާ ފަރާތްތަކުން، ފަޅުހިއްކުމުގެ މަސައްކަތް ފެށެންވާއިރަށް އޮޑިދޯނިފަހަރު އެސަރަޙައްދުން ނަގައި އެހެން ސަރަޙައްދުތަކަށް ބަދަލުކުރުމަށް އެދި 2025 އޮކްޓޯބަރ 16 އަދި 2025 ޑިސެންބަރު 9 ވަނަ ދުވަހު މި އިދާރާއިން ވާނީ އެންގިފައެވެ.
ނަމަވެސް އަދިވެސް ބައެއް ފަރާތްތަކުން ބިންހިއްކުމަށް ހަމަޖެހިފައިވާ ސަރަހައްދާ ކައިރިއަށް އޮޑިދޯނިފަހަރު އެހެލާފައި ބެހެއްޓުމާއި އަދި އޮޑިދޯނިފަހަރު އެޅުމަށް ރަށުގެ ހުޅަނގު ފަރާތުފަޅު ބޭނުން ކުރަމުން ގެންދާތީ، އެ ފަރާތެއްގެ ބެލުމުގެ ދަށުގައިވާ އޮޑިދޯނިފަހަރު ބިން ހިއްކާ ސަރަހައްދުން ނެގުމަށް ދަންނަވަމެވެ. އަދި ބިން ހިއްކާ ސަހަރަޙައްދުން އޮޑިދޯނިފަހަރު ނުނަގާ ހުރުމުގެ ސަބަބުން އެތަކެއްޗަށް ގެއްލުމެއް ލިބިއްޖެނަމަ އެކަމުގެ ޒިންމާ މި ކައުންސިލުން ނުނަގާނެ ވާހަކަ ދަންނަވަމެވެ.
ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ.