ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)251-MS/251/2025/101
ޕަބްލިޝްކުރި ތާރީޚް: 30 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 12:37
ސުންގަޑި:
12 ޖަނަވަރީ 2026 14:00
ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ހއ. ދިއްދޫ ރަޙްމާ މިސްކިތް ޢިމާރާތްކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން (3 ވަނަ ފަހަރު)
- ހއ. ދިއްދޫ ރަޙްމާ މިސްކިތް ޢިމާރާތްކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މި މަސައްކަތަށް ދައުވަތު ހުޅުވާލެވެނީ ދިވެހިރާއްޖޭގައި މިބާވަތުގެ ވިޔާފާރިކުރުމަށް ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކަށެވެ.
- މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ކުރާ ފޯމް ހުށަހެޅުމަށް ހަމަޖެހިފައިވަނީ 2025ޑިސެންބަރު 31 ވާ ބުދަ ދުވަހުގެ 9:00 އިން ފެށިގެން 2026 ޖަނަވަރީ 12 ވާ ހޯމަ ދުވަހުގެ 14:00 އާއި ހަމަޔަށް، ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާގެ މެއިލް [email protected] އަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް މެއިލް ކޮށްގެނެވެ.
- ބީލަމުގައި ބައިވެރިވުމަށް -/300 (ތިން ސަތޭކަ) ދިވެހި ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ޖަމާކުރާނީ ދިއްދޫ ކައުންސިލްގެ 7714700364001 (1289 ރެވެނިއު 1) އެކައުންޓަށެވެ. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް ހުށަހަޅާއިރު ފައިސާ ޖަމާކުރުމަށްފަހު، ފައިސާ ޖަމާކުރިކަމުގެ ސްލިޕް ރަޖިސްޓްރީވުމަށް އެދޭ ފޯމާއި އެކު ހުށަހަޅަންވާނެއެވެ.
- މި މަސައްކަތުގެ ބިޑް ސެކިއުރީޓީގެ ގޮތުގައި 15,000.00ރ (ފަނަރަހާސް ރުފިޔާ) ހުށަހަޅަން ޖެހޭނެއެވެ. ބިޑު ސެކިއުރިޓީގެ ފައިސާ ޖަމާކުރާނީ މަތީގައި ދެންނެވިފައިވާ ދިއްދޫ ކައުންސިލްގެ އެކައުންޓަށެވެ. އަދި ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާދުވަހުން ފެށިގެން 120 ދުވަހެވެ. އަދި ބީލަން ހުށަހަޅާއިރު ފައިސާ ޖަމާކުރުމަށްފަހު، ފައިސާ ޖަމާކުރިކަމުގެ ސްލިޕް ބީލަމާއެކު އެކު ހުށަހަޅަންވާނެއެވެ.
- މި މަސައްކަތާއި ގުޅޭ މައުލޫމާތު ޝީޓާއި، މިސްކިތުގެ ކުރެހުންތަކާއި އަދި ބީ.އޯ.ކިޔު ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް ސޮފްޓްކޮޕީ ފޯމެޓްގައި 2026 ޖަނަވަރި 12 ވާ ހޯމަ ދުވަހުގެ 14:00 ގެ ފަހުން މެއިލްކުރެވޭނެއެވެ.
- މި މަސައްކަތާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކަށް ބާއްވާ މައުލޫމާތު ސެޝަން އޮންނަނީ 2026 ޖަނަވަރީ 13 ވާ އަންގާރަ ދުވަހުގެ 10:00 ގައި މި އިދާރާގެ މީޓީންގ ރޫމްގައެވެ.
- ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 2025 ޑިސެންބަރު 31 ވާ ބުދަ ދުވަހުގެ 10:00 އިން ފެށިގެން 2026 ޖަނަވަރީ 18 ވާ އާދީއްތަ ދުވަހުގެ 12:00 އާއި ދެމެދު މި ކައުންސިލްގެ މެއިލްއަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 2026 ޖަނަވަރީ 19 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، ބީލަމުގައި ރަޖިސްޓްރީ ކުރެއްވި ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.
- ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 2026 ޖަނަވަރީ 21 ވާ ބުދަ ދުވަހުގެ 10:00 ގައި ދިއްދޫ ކައުންސިލް އިދާރާގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދުކުރެވޭނެއެވެ.
- ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަމާއި އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔުމަށް ދަންނަވަމެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ.
30 ޑިސެންބަރު 2025