ދިވެހިރާއްޖެ
ގޯލްޑެން ފުޓްސަލް އެސޯސިއޭޝަންގެ އެޗް.ޑީ ހައުންޑައި ގޯލްޑެން ފުޓްސަލް ޗެލެންޖް 2026 ގައި މި ކައުންސިލުން ހޯނޑެއްދޫ އެފް.ސީ ގެ ނަމުގައި ޓީމެއް ވަނީ ބައިވެރިކޮށްފައެވެ. މި މުބާރާތުގައި ހޯނޑެއްދޫ ތަމްސީލުކުރާ ޓީމަށް އެހީތެރިވެދޭނެ ސްޕޮންސަރުން ހޯދުމަށް ޝައުގުވެރިވާ ފަރާތްތަކަށް މިހާރު ވަނީ ފުރުސަތު ހުޅުވާލެވިފައެވެ. ސްޕޮންސަރުންގެ ގޮތުގައި ބައިވެރިވާ ފަރާތްތަކުގެ ލޯގޯ އަދި ބްރޭންޑިންގ ޓީމުގެ ޖާޒީގައި ހިމެނުމުގައި ޢަމަލުކުރެވޭނީ ގޯލްޑެން ފުޓްސަލް އެސޯސިއޭޝަން އިން ކަނޑައަޅުއްވާފައިވާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އަދި ހޯނޑެއްދޫ އެފް.ސީ ގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ޝާއިޢުކުރެވޭ އެންމެހައި ޕޯސްޓުތަކުގައި ސްޕޮންސަރުންގެ ނަން އަދި ބްރޭންޑިންގ ހިމެނުމަށް ވަނީ ހަމަޖެހިފައެވެ. ޓީމް ސްޕޮންސަރ ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް، އިސްވެ ބަޔާންކުރެވުނު ހުރިހާ ކަމަކަށް އެއްކޮށް ނުވަތަ ވަކިވަކި ބައިތަކަށް ސްޕޮންސަރޝިޕް ހުށަހެޅުމުގެ ފުރުސަތު ލިބިގެންވެއެވެ. ޓީމުގެ މައި ސްޕޮންސަރގެ ގޮތުގައި ހޮވޭނީ ހުށަހެޅޭ ހުރިހާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ މަތީ އަގެއް ހުށަހަޅާ ފަރާތެއްކަން ފާހަގަކޮށްލަމެވެ.
- ޓީމްގެ ހޯމް ޖާޒީ އަދި އަވޭ ޖާޒީ (ޖާޒީ، ސޯޓް އަދި އިސްޓާކީން) - 14 ކުޅުންތެރިން
- ޓީމްގެ އޮފިޝަލްސް ހޯމް ޖާޒީ އަދި އަވޭ ޖާޒީ (ޖާޒީ، އަދި ޓްރަކްސޫޓް) - 6 އޮފިޝަލުން
- ޓީމްގެ ޕްރެކްޓިސް ކިޓް – 2 ސެޓް (ޖާޒީ، ސޯޓް އަދި އިސްޓާކީން) 14 ކުޅުންތެރިނާއި 6 އޮފިޝަލުން
- ދަތުރު ފަތުރުގެ ހަރަދު (ހޯނޑެއްދޫ – މާލެ / މާލެ – ހޯނޑެއްދޫ)
ވީމާ، މި ސްޕޮންސަރޝިޕްތަކަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2026 ޖަނަވަރީ 4 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން [email protected] އީމެއިލް އެޑްރެހަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަންބަރު 6841541 ފޯނާ ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.