ދިވެހިރާއްޖެ
މިކޯޓުގައި ހުރި ބައުވެ ހަލާކުވެފައިވާ ބައެއްތަކެތި ނީލަންކިޔުމަށް ހަމަޖެހިފައިވާތީ، ނީލަންކިޔުން 10 ޖަނަވަރީ 2026 ވާ ހޮނިހިރު ދުވަހުގެ 16:00ގައި ރ.އިނގުރައިދޫ އިއުފާކިޔާ ޢިމާރާތުގެ ގޯތިތެރޭގައި އޮންނާނެއެވެ. މިތަކެތި ބަލަން ބޭނުންވާ ފަރާތްތަކުން 08 ޖަނަވަރީ 2026 ވާ ބުރާސްފަތި ދުވަހުގެ 9:00 އިން 12:00އަށް ރ.އިނގުރައިދޫ އިއުފާކިޔާ ގެއަށް ޙާޟިރުވުން އެދެމެވެ.
ވީމާ، މިނީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ދިވެހިރައްޔެތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއިއެކު 10 ޖަނަވަރީ 2026 ވާ ހޮނިހިރު ދުވަހުގެ 16:00 އަށް ރ.އިނގުރައިދޫ އިއުފާކިޔާ ގެއަށް ޙާޟިރުވެ ނީލަމުގައި ބައިވެރިވުން އެދެމެވެ.
ނީލަން ކާމިޔާބުކުރާ ފަރާތްތަކުން 11ޖަނަވަރީ 2026ވާ އާދީއްތަ ދުވަހުގެ 13:00 ކުރިން ނީލަންކިޔުނު ތަކެތީގެ ފައިސާ މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގެ ބަނޑޭރި ޕޯޓަލް https:/bandeyripay.finance.gov.mv އަށް ދެއްކެވުމަށްފަހު 12 ޖަނަވަރީ 2026 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން ތަކެތި ގެންދަވަންވާނެއެވެ.
10 ރަޖަބް 1447