މަސައްކަތް
ނަންބަރު: GS112/IUL/2015/17
ޕަބްލިޝްކުރި ތާރީޚް: 18 ނޮވެންބަރު 2015
ޕަބްލިޝްކުރި ގަޑި: 08:32
ސުންގަޑި: 25 ނޮވެންބަރު 2015 11:00
ޅޮހީ ސްކޫލް
ދިވެހިރާއްޖެ
ވަށާފާރު ރޭނުމުގެ މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް

ބީލަން ހުށަހެޅުމުގެ ދަޢުވަތު.  

މި ސްކޫލުން ދެވޭ މަޢުލޫމާތާ އެއްގޮތަށް މި ސްކޫލުގެ ވަށާފާރު ރޭނުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ކުރެވުނު، މި ސްކޫލުގެ ނަންބަރު: GS112/IUL/2015/07ފ(25 ސެޕްޓެންބަރު 2015) ގެ އިޢުލާނާ ގުޅިގެން، ލިބިފައިވާ އަންދާސީހިސާބުތައް ބާޠިލުކޮށް، މި މަސައްކަތަށް އަލުން އިޢުލާން ކުރަމެވެ.   

ވީމާ، މި ސްކޫލުން ދެވޭ މަޢުލޫމާތާ އެއްގޮތަށް މި ސްކޫލުގެ ވަށާފާރު ރޭނުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ޢާންމުކޮށް އިޢުލާން ކުރަމެވެ.

މި މަސައްކަތާ ގުޅޭގޮތުން ހިންގާ މުޢާމަލާތްތައް މިދަންނަވާ ގޮތުގެމަތީން، ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.   

މުޢާމަލާތް

ތަން

ތާރީޚު

ގަޑި

މަޢުލޫމާތު ދިނުން

ޅޮހީ ސްކޫލް

25 ނޮވެންބަރު 2015 (ބުދަ)

ހެނދުނު 11:00

އަންދާސީހިސާބު ހުށަހެޅުއްވުން

ޅޮހީ ސްކޫލް

01 ޑިސެންބަރު 2015 (އަންގާރަ)

ހެނދުނު 11:00

މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވެލައްވާނަމަ، މި ސްކޫލުގެ ނަންބަރު 6560573 ފޯނާ ގުޅުއްވުން އެދެމެވެ.

06 ޞަފަރު 1437

18 ނޮވެންބަރު 2015