ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: H/IUL/2025/274
ޕަބްލިޝްކުރި ތާރީޚް: 30 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 08:48
ސުންގަޑި: 04 ޖަނަވަރީ 2026 11:00
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
މާލެ އަދި ހުޅުމާލެ އިންޖީނުގެއަށް ބޭނުންވާ ޔޫ.ޕީ.އެސް ސަޕްލައިކޮށްދެއްވާނެ ފަރާތެއް ހޯދުމަށް

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް

ދިވެހިރާއްޖެ                                                                                   

                                                      އިޢުލާން ނަންބަރ: H/IUL/2025/274  

އަންދާސީހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު

މި ކުންފުންޏަށް ތިރީގައި މިދަންނަވާ ތަކެތި ސަޕްލައިކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

Item

Description

QTY

1

UPS 2kVA Online double conversion, 230V 1-phase in/out, high PF (≥0.9), LCD, SNMP Network Card (if not built-in), Rack mount with railing kit

 

9

2

UPS 3kVA Online double conversion, 230V 1-phase in/out, high PF (≥0.9), LCD, SNMP Network Card (if not built-in), Rack mount with railing kit

 

3

3

UPS 6kVA (or as per OEM), Online double conversion, 230V 1-phase in/out, high PF (≥0.9), LCD, SNMP Network Card (if not built-in) overload & short circuit protection, rack mount with railing kit

 

1

ވީމާ، މި ތަކެތި ސަޕްލައިކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 2026 ޖަނަވަރީ 04 ވާ (އާދިއްތަ) ދުވަހުގެ 11:00 އަށް މިކުންފުންޏަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުއްވުން އެދެމެވެ.

މި މަސައްކަތަށް އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. އަދި އަންދާސީހިސާބު ހުށަހަޅާ ފަރާތަކީ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރ އަކަށް ވާން ވާނެއެވެ.

މި މަސައްކަތަށް ހުށަހެޅޭ، ޓެކްނިކަލް ގޮތުން ގަބޫލުކުރެވޭ އަންދާސީހިސާބުތައް އިވެލުއޭޓް ކުރެވޭނެގޮތުގެ ތަފުސީލު:

އަގު: 90 ޕޮއިންޓް

(ހުށަހަޅާ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު ×90)

މުއްދަތު: 10 ޕޮއިންޓް

(ހުށަހަޅާ އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު ×10)

 

- އަންދާސީހިސާބު ބާޠިލުވާ މުއްދަތު: މަދުވެގެން 45 ދުވަސް.

- ފައިސާ ދޫކުރުން: ބިލް ހުށަހަޅާތާ 30 ދުވަހުގެ ތެރޭގައި.                     

އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ތިރީގައިމިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ހެޑް އޮފް ޕްރޮކިއުމަންޓް

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް

އިޢުލާން ނަންބަރު: H/IUL/2025/274

އަންދާސީހިސާބު ހުޅުވުން:

އަންދާސީހިސާބު ހުޅުވުމަށް ހަމަޖެހިފައިވަނީ 2026 ޖަނަވަރީ 07 ވާ (ބުދަ) ދުވަހުގެ 11:00 ގައި ސްޓެލްކޯ ހެޑްއޮފީހުގެ ދެވަނަ ފަންގިފިލާގެ ބައްދަލުކުރާ ކޮޓަރީގައި މި މަސައްކަތައް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޟިރުގައެވެ.

10 ރަޖަބު 1447

30 ޑިސެންބަރު 2025

ނޯޓް:

  • މި އިއުލާނަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކާއި، ތިމާގެކަމުގެ ނުވަތަ ވިޔަފާރީގެ އެއްވެސް ގުޅުމެއް، ސްޓެލްކޯގެ ވެރިޔަކާއި އޮތްކަމުގައި ވާނަމަ އެކަމުގެ ސާފު މަޢުލޫމާތު އެނގޭނޭ ލިޔުމެއް އަންދާސީހިސާބާއެކު ހުށަހަޅުއްވަންވާނެއެވެ. މިފަދަ މައޫލޫމާތު ހިއްސާ ނުކުރައްވާ ފަރާތްތަކުގެ އަންދާސީހިސާބު ބާޠިލު ކުރެވޭނެއެވެ.
  • މަޢުލޫމާތު ފުރިހަމަނޫން އަންދާސީހިސާބު ބާތިލްކުރުމުގެ ފުރިހަމަ އިޙްތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ. އަދި އަންދާސީހިސާބު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޙްތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ.
  • މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3338123 / 3338124 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ Tender@stelco.com.mv މި އެޑްރެހަށެވެ.
 
30 ޑިސެންބަރު 2025