މަސައްކަތް
ނަންބަރު: MNU-CA-PAMD/2025/184
ޕަބްލިޝްކުރި ތާރީޚް: 29 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 16:07
ސުންގަޑި: 08 ޖަނަވަރީ 2026 10:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސެންޓަރ ފޯ މެރިޓައިމް ސްޓަޑީޒްގެ އިދާރީ އިމާރާތާއި ޗާޓު ރޫމު މަރާމާތުކުރުމުގެ މަސައްކަތްކުރާނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

  1. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސެންޓަރ ފޯ މެރިޓައިމް ސްޓަޑީޒްގެ އިދާރީ އިމާރާތާއި ޗާޓު ރޫމް މަރާމާތުކުރުމާއި އަދި އެހެނިހެން މަރާމާތުކުރުމުގެ މަސައްކަތްކުރާނެ ފަރާތެއް ހޯދުމަށްކުރި ނަންބަރު: MNU-CA-PAMD/2025/157 އިޢުލާނަށް އަންދާސީ އަގު ހުށަހެޅި ބައެއް ބީލަންތަކުގެ ޝަރުޠު ފުރިހަމަނުވުމާއި އަދި ބައެއް ބީލަންތަކުގެ އަގު އަންދާސީ އަގަށްވުރެ ބޮޑުވުމުން އަލުން އިޢުލާންކުރުމަށް ޕްރޮކިއުމަންޓް ކޮމިޓީން ނިންމަވާފައިވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާންކުރުމަށް ނިންމީމެވެ.  ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ފުރުޞަތު އަލުން ހުޅުވާލަމެވެ.
  2. މި ބީލަމާއި ގުޅޭ މަޢުލޫމާތު ޝީޓް މި އިޢުލާނާއި އެޓޭޗް ކުރެވިފައި ވާނެއެވެ. އަދި ހުށަހަޅަންޖެހޭ ފޯމްތައް އިއުލާނާ އެޓޭޗް ކުރެވިފައިވާ ވާނެއެވެ.
  3. މި ބީލަމާ ގުޅިގެން ބާއްވާ  ސައިޓް ވިޒިޓް އޮންނާނީ 04 ޖަނަވަރީ 2026 ވަނަ ދުވަހު 10:00ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒް، ވިލިމާލެ ގައެވެ. ބީލަން ހުށަހެޅުން އޮންނާނީ 08 ޖަނަވަރީ 2026 ވަނަ ދުވަހުގެ 10:00 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒު (ރަށްދެބައިހިނގުން، މާލެ) ގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގާ ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އިއުލާނު ނަންބަރު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
  4. އިސްވެދެންނެވިފައިވާ ގަޑިއަށް ބީލަން ހުށަހެޅުމަށް ހާޒިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ ދަންނަވަމެވެ. ބީލަމާ ގުޅޭ އެންމެހައި ކަންކަމުގައި ޢަމަލުކުރެވޭނެ އުޞޫލު މި އިއުލާނާ އެޓޭޗް ކުރެވިފައިވާނެއެވެ. އަދި އެޓޭޗް ކުރެވިފައިވާ ލިޔުންތައް ފުރުމަށްފަހު ބީލަމާ އެކު ހުށަހަޅަންޖެހޭ އެންމެހައި ލިޔުންތައް ހުށަހަޅަންޖެހޭނެއެވެ.
  5. ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، ތިރީގައިވާ އީ-މެއިލް އެޑްރެހަށް އީ-މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ ބަޔާންކޮށްފައިވާ ފޯން ނަންބަރަށް ގުޅުއްވުން އެދެމެވެ. 

ޓެކްނިކަލް ސްޕެސިފިކޭޝަނާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް:

ބީލަމާ ގުޅޭ އިދާރީ މައުލޫމާތެއް ނަމަ؛

ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ

ޝަމްސުއްދީން މަގު ، ވިލިމާލެ، ދިވެހިރާއްޖެ

ފޯން: 3345222، 3390681 ، 3345223

އީ-މެއިލް: [email protected]

ޕްރޮކިޔުމަންޓް އެންޑް އެސެޓް މެނޭޖްމަންޓް ޑިޕާރޓްމަންޓް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ

ރަށްދެބައިހިނގުން، މާލެ، ދިވެހިރާއްޖެ

ފޯން: , 3345109, 33451113345110،

އީ-މެއިލް: [email protected]

29 ޑިސެންބަރު 2025