ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ބާ ކައުންސިލުގައި ބާއްވާ އިލެކްޝަން ތަކުގައި އިލެކްޓްރޯނިކް ވޯޓުގެ ޚިދުމަތް ދިނުމުގެ މަސައްކަތް ކޮށްދިނުމަށް ވެންޑަރ ރަޖިސްޓްރީ ކުރުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 08 ޖަނަވަރީ 2026 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ކުރިން ވެންޑަރ ރަޖިސްޓްރީ ކުރުމަށް ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ [email protected] އެޑްރެހަށް މެއިލްކުރެއްވުން އެދެމެވެ.
ވެންޑަރ ރަޖިސްޓްރީވާން އެދި ހުށަހަޅާފަރާތްތަކުން ހުށަހަޅާންޖެހޭ ލިޔުންތައް
- ޕްރޮޕޯސަލް (އިލެކްޓްރޯނިކް ވޯޓިންގއަށް ބޭނުންކުރާ ސޮފްޓްވެއަރ ނުވަތަ ޓޫލް އަދި ވިޔަފާރީގެ މަޢުލޫމާތު ހިމެނޭގޮތަށް)
- ވިޔަފާރި ކުރުމުގެ ހުއްދަ އޮންނަ ފަރާތެއްކަން އަންގައިދޭ ލިޔުން
- ޖީ.އެސް.ޓީ ނުވަތަ ބީ.ޕީ.ޓީ ރަޖިސްޓްރީ ސެޓްފިކެޓްގެ ކޮޕީ
މި މަސައްކަތާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ، ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ [email protected] އެޑްރެހަށް އީމެއިލްކުރެއްވުމުން ނުވަތަ ބާ ކައުންސިލުގެ 3333990 ނަންބަރު ފޯނަށް ގުޅުއްވުމުން، އެދިވަޑައިގަންނަވާ މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.