ބީލަން
ނަންބަރު: (IUL) GS79/2025/81
ޕަބްލިޝްކުރި ތާރީޚް: 29 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 13:47
ސުންގަޑި:
07 ޖަނަވަރީ 2026 00:00
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކޫލް ސްކޫލް ޕުރޮޖެކްޓްގެ ދަށުން މިސްކޫލުގައި ކުރަންޖެހޭ މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުން.
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ކޫލް ސްކޫލް ޕުރޮޖެކްޓްގެ ދަށުން މިސްކޫލުގައި ކުރަންޖެހޭ މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުން.
- ކޫލް ސްކޫލް ޕްރޮޖެކްޓްގެ ދަށުން މި ސްކޫލުގައި ކުރަންޖެހޭ މަރާމާތު މަސައްކަތްތައް ކުރުމަށް ބޭނުންވެއެވެ. ވީމާ މި މަސައްކަތް ކޮށްދިނުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުތު ފުރިހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް އަދި މަސައްކަތުގެ ތަފްސީލް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2025 ޑިސެމްބަރ 29 އިން 2026 ޖަނަވަރީ 06 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. "ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު: https://forms.gle/7wSYu5rpshyffsWK9
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2026 ޖަނަވަރީ 07 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2026 ޖަނަވަރީ 07 ވާ ބުދަ ދުވަހުގެ 11:00 ގައި އިހަވަންދޫ ސްކޫލްގެ އޮފީހުގައެވެ. މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެނީ 3 ވަނަ ނަންބަރުގައި ވާ ގޮތަށް ރަޖިސްޓްރީ ކުރާފަރާތްތަކަށެވެ.
- ބިޑް ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2026 ޖަނަވަރީ 08 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި އިހަވަންދޫ ސްކޫލްގެ އޮފީހުގައެވެ.
- މި ޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- އިހަވަންދޫ ސްކޫލް، އަމީނީމަގު މަގު، ހއ. އިހަވަންދޫ، ދިވެހިރާއްޖެ.
- ފޯން: 6501220
- އީ-މެއިލް: [email protected]
9 ރަޖަބް 1447
29 ޑިސެމްބަރ 2025
29 ޑިސެންބަރު 2025