ދިވެހިރާއްޖެ
ހދ.ކުމުންދޫ މަސްޖިދުލް ފިރުދައުސް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުންއެދެމެވެ.
އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 04 ޖަނަވަރީ 2025 ވާ އާދިއްތަ ދުވަހުގެ 10:00 ގެ ކުރިން އޮންލައިންކޮށް ތިރީގައިވާ ލިންކުން ފޯމް ހުށަހަޅާ ރަޖިސްޓްރީވުމަށް އެދެމެވެ. މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާކަމުގައި ދަންނަވަމެވެ.
ލިންކް: https://forms.office.com/r/Vk1C3Y6uSQ?origin=lprLink
|
ތަފްސީލް |
ތާރީޚް |
ގަޑި |
|
ސުވާލެއްވާނަމަ އީމެއިލް ކުރައްވަންވީ ސުންގަޑި އީމެއިލް: [email protected] |
04 ޖަނަވަރީ 2025 (އާދިއްތަ) |
10:00 |
|
ރަޖިސްޓަރ ވުމުގެ ސުން ގަޑި |
04 ޖަނަވަރީ 2025 (އާދިއްތަ) |
10:00 |
|
ޕްރީ ބިޑް ބައްދަލުވުން |
04 ޖަނަވަރީ 2025 (އާދިއްތަ) |
13:00 |
|
އަންދާސީ ހިސާބު ހުށަހެޅުން |
07 ޖަނަވަރީ 2025 (ބުދަ) |
13:00 |
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.