ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)419-CAA/419/2025/127
ޕަބްލިޝްކުރި ތާރީޚް: 29 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 12:33
ސުންގަޑި: 12 ޖަނަވަރީ 2026 13:30
ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2026 ވަނަ އަހަރަށް އެކުލަވާލާ މިސްކިތު އިމާމް / މުދިމް ޕޫލަށް މީހުން ހޯދުން.

2026 ވަނަ އަހަރަށް އެކުލަވާލާ މިސްކިތު އިމާމް / މުދިމް ޕޫލަށް މީހުން ހޯދުން ؛

ގދ.ގައްދޫ މިސްކިތްތަކުގެ އިމާމް އަދި މުދިމުން ޗުއްޓީ ނެގުމުން ނުވަތަ ސަލާމް ބުނުމުން ބަދަލުގައި މުވައްޒަފުން ހަމަޖެއްސުމަށް ވޭޖް އެމްޕްލޯއިމަންޓްގެ އުޞޫލުން 2026 ވަނަ އަހަރަށް އެކުލަވާލެވޭ ޕޫލްގައި މަސައްކަތް ކުރާނޭ ފަރާތްތައް ހޯދަން ބޭނުންވެއްޖެއެވެ. ރީތިކޮށް ބަންޤި ގޮވާ ޤުރުއާން ކިޔަވައި އިމާމުވެ ނަމާދުކުރެވޭ ސްކޫލްގައި އުޅޭ ދަރިވަރުންނަށްވެސް ފުރުޞަތު އޮތްވާހަކަ ދަންނަވަމެވެ. ބެލެނިވެރިން އިޢުތިރާޒު ނުކުރާކަމުގެ ލިޔުމާއެކު ހުށަހެޅިދާނެއެވެ. ވީމާ، މިކަމަށް ޝައުޤު ވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.           

 

 

މަޤާމު:

 

 

އިމާމް / މުދިމް

 

 

ބޭނުންވާ އަދަދު:

 

05 (ފަހެއް)

 

 

މަޤާމުގެ ގިންތިއާއި މުއްދަތު

 

ވޭޖް (ވަޤުތީ ) ( 2026 ވަނަ އަހަރަށް )

 

 

މަޤާމުގެ ރޭންކު / މަޤާމްގެ ކުލެސިފިކޭޝަން

 

އިމާމު: ޖީ. އެސް 3 ( އެސިސްޓެންޓް ޓެކްނިކަލް އޮފިސަރު ގްރޭޑް 1 )

މުދިމް ޖީ. އެސް 1 ( އެސިސްޓެންޓް އޮފިސަރު ގްރޭޑް 1 )

މުސާރަ:

އިމާމް: ކޮންމެ ނަމާދު ވަގުތަކަށް -/61ރ (ފަސްދޮޅަސް އެކެއް) ރުފިޔާ

މުދިމް: ކޮންމެ ނަމާދު ވަގުތަކަށް -/53ރ (ފަންސާސް ތިނެއް) ރުފިޔާ

 

 

 

 

 

މަގާމުގެ ޝަރުޠްތައް:

އިމާމް: މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު ،މުދިމްކަމުގެ ސަނަދު  ނުވަތަ ހުކުރުކުރުމުގެ ހުއްދަ ލިބިފައިވުން  ނުވަތަ

ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3ގެ ސަނަދެއް ޙާޞިލްކޮށްފައިވުން

މުދިމް: ތަޖްވީދުމަގުން ކީރިތި ޤުރުއާން ކިޔަވަން ދަންނަ މީހެއްކަމުގައިވުން.

 

ވަޒީފާ އަދާކުރަންޖެހޭ ތަން:

 

 

ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫކައުންސިލް އިދާރާ/ކައުންސިލް އިދާރާއިން ކަޑައަޅާމިސްކިތްތައް

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލުން ހަވާލުކުރާ  މިސްކިތައް  ކޮންމެ ނަމާދެއްގެ ވަޤުތު ޖެހުމުގެ ކުރިންގޮސް މިސްކިތުގެ ކަންކަންބަލާ ރަގަނޅުކުރަންޖެހޭ ކަންތައްތައް ރަގަޅުކުރުމާއެކު ފަސްވަގުތު ބަންގި ގޮވައި، އިމާމްވެ ފަރުޟު ފަސް ނަމާދުކުރުން.
  2. މިސްކިތުގެ ސާފްތާހިރު ކަމާއި، އަދި މިސްކިތުގެ އެއްމެހާ ކަންތައްތައް ހިނގާނުހިނގާގޮތް ބަލާ ސްޕަވައިޒްކޮށް ދިމާވާ މައްސަލަތައް ކަމާއިބެހޭ ފަރާތްތަކާއި ގުޅައިގެން ހައްލުކުރުމަށް މަސައްކަތްކުރުން.
  3. މަސައްކަތު މީހުންގެ ގޮތުގައި މިސްކިތުގައި މަސައްކަތްކުރާ މުވައްޒަފުން ނުވަތަ ކޮންޓްރެކްޓުގެ ދަށުން މިސްކިތް ފޮޅާ ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ހިނގާ ނުހިނގާގޮތް ދުވަހުން ދުވަހަށް ސުޕަވައިޒްކޮށް މަސައްކަތު މީހުންގެ މިސްކިތުގެ ޙާޒިރީ ދުވަހުން ދުވަހަށް ބަލާ ރަގަޅަށް ޤަޥާޢިދުން ބެލެހެއްޓުން.
  4. މިސްކިތުގެ އެއްވެސް ތަނަކަށް ގެއްލުމެއް ލިބިފައިވޭތޯ ބެލުމާއި މަރާމާތެއް ކުރަންޖެހިފައިވާ ތަނެއްހުރިތޯ ބެލުމާއި، ހުރިނަމަ ކައުންސިލްގެ އިދާރާއަށް އެކަން އަންގައި އެކަން ހައްލު ކުރުމަށް މަސައްކަތް ކުރުމާއި، ކައުންސިލްއިދާރާއިން އަންގަވާގޮތެއްގެމަތީން މިސްކިތުގެ ސައުންޑް ސިސްޓަމް ބެލެހެއްޓުމާއި ސައުންޑް ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެނަމަ އެކަން މިނިސްޓްރީގެ / ކައުންސިލްގެ ކަމާބެހޭ ސެކްޝަނަށް އަންގައިގެން ހައްލުކުރުމުގެ މަސައްކަތް ކުރުން.
  5. މިސްކިތުގައި ނަމާދުކުރާމީހުންނަށް އެކަށީގެންވާ މާޙައުލެއް ޤާއިމްކުރުމަށް ކަމާއިބެހޭ ފަރާތްތަކަށް ހުށަހަޅައިގެން މަސައްކަތްކުރުން.
  6. ކައުންސިލުން އަންގަވައިފި ހިނދެއްގައި އިމާމުވެ ކޭތަ ނަމާދު، ޢީދު ނަމާދު، ހުކުރު ނަމާދު، ކަށުނަމާދު އަދި ތަރާވީޙް ނަމާދު ކުރަންޖެހޭ ޙާލަތުގައި އެނަމާދުތައް ކުރުން.
  7. މިސްކިތުގައި ދީނީ ދަރުސްތައް  ދިނުންފަދަ ދީނީ ޕްރޮގްރާމްތައް ހިންގާނަމަ އެފަދަ ޕްރޮގްރާމްތަކަށް ބޭނުންވާ އެހީތެރިކަން ދިނުމާއެކު އަދި އެކަމެއްނިމެންދެން މިސްކިތުގައި މަޑުކުރުން.
  8. މިސްކިތާއި މިސްކިތުގެ ގޯތިތެރޭގައި  ކައުންސިލް އިދާރާގެ ހުއްދަނެތި އެއްވެސްލިޔުމެއް ހަރުކުރެވިފައި ހުރިތޯބެލުމާއި ،އެފަދަ ލިޔުންތައް ހުރިނަމަ ކައުންސިލަށް އަންގައިގެން އެކަން ހައްލުކުރުން.
  9. މިސްކިތާއިބެހޭގޮތުން ރައްޔިތުން ހުށަހަޅާ ޝަކުވާތައް ކައުންސިލާއި ހިއްސާކޮށް ހައްލު ހޯދައިދިނުމަށް މަސައްކަތްކުރުން.
  10. މީހަކު ނިޔާވެގެން ކައުންސިލް އިދާރާއިން އަންގައިފިނަމަ އެމީހާގެ ޖަނާޒާގެ ކަންކަން ފުރިހަމަކުރުމުގައި ޢަމަލީގޮތުން ބައިވެރިވުމާއެކު ޖަނާޒާގެ ކަންކަން ނިމެންދެން އެކަމުގައިއުޅުން.
  11. ކައުންސިލުން ކަޑައަޅާފައިވާ އުޞޫލްތަކާއި އެއްގޮތައް މިސްކިތް ސާފްކުރުމުގެ އެއްމެހާ ކަންތައްތައް ކުރިއަށްދާކަން ކަށަވަރުކުރުމާއި އެގޮތައް އެކަން ނުދާނަމަ ކައުންސިލް އިދާރާއަށް އެންގުން
  12. ކައުންސިލް އިދާރާއިން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، ކައުންސިލުން ޙަވާލުކުރާ އެހެނިހެން މަސައްކަތްކުރުން
  13. މީގެއިތުރުން މިސްކިތްތަކާއި ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހާ މަސައްކަތްތައްކުރުން.

 

 

 

 

 

 

    ހުށަހަޅަންޖެހޭ ލިޔުންތަށް:

  1. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ސިޓީ
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރު ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭފަދަ ކޮޕީއެއް
  4. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
  5. ސުޚޫލްގައި ކިޔަވާ ކުއްޖެއްނަމަ ބެލެނިވެރިޔާ އިޢުތިރާޟް ނުކުރާކަމުގެލިޔުން.

 

ވަޒީފާއަށް އެއްމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ލިބިފައިވާ ތަޢުލީމް
  • ތަމްރީން
  • ލިބިފައިވާ މަސައްކަތު ދާއިރާގެ ތަޖުރިބާ
  • ލިބިފައިވާ ހުނަރު

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 12 ޖަނަވަރީ 2026 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން، ކައުންސިލް އިދާރާގެ ކައުންޓަރަށް ނުވަތަ އީ-މެއިލް މެދުވެރިކޮށް ގައްދޫ ކައުންސިލްގެ އިދާރާއަށެވެ. ނަމަވެސް އިޢުލާނުގެ މުއްދަތު ހަމަވާއިރު މަޤާމަށް ބޭނުންވާ އަދަދަށް މީހުން ނުލިބޭ ކަމުގައިވާނަމަ އިޢުލާނުގައި ބުނާ އަދަދަށް މީހުން ހަމަވަންދެން ޕޫލަށް ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވާލެވިފައިވާނެއެވެ.

29 ޑިސެންބަރު 2025