މަސައްކަތް
ނަންބަރު: (IUL)30-G/1/2015/137
ޕަބްލިޝްކުރި ތާރީޚް: 23 ނޮވެންބަރު 2015
ޕަބްލިޝްކުރި ގަޑި: 08:28
ސުންގަޑި: 31 ޑިސެންބަރު 2015 14:00
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ފަޑިޕްގައި ބައިވެރިވުމަށް ޝައުޤުވެރިކަން ފާޅުކުރުމުގެ ފުރުޞަތު ހުޅުވާލުން

ފިޝަރީޒް އެންޑް އެގްރިކަލްޗރ ޑައިވަރސިފިކޭޝަން ޕްރޮގްރާމް (ފަޑިޕް) ގައި ބައިވެރިވުމަށް ޝައުޤުވެރިކަން ފާޅުކުރުމުގެ ފުރުޞަތު ހުޅުވާލުން

އިންޓަރނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑު) ގެ ލޯނު އެހީގައި މިމިނިސްޓްރީން ހިންގަމުންގެންދާ ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑައިވަރސިފިކޭޝަން ޕްރޮގްރާމް (ފަޑިޕް) އިން ދަނޑުވެރިކަމާއި މަސްވެރިކަމުގެ އުފެއްދުންތައް އިތުރުކޮށް، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ބާވަތްތަކުން ތަކެތި އުފައްދައި (ވެލިއު އެޑިޝަން) އިތުރުކުރުމަށް ޝައުޤުވެރިކަން ފާޅުކުރުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިޕްރޮގްރާމުގެ އަމާޒަކީ ކުޑަ އާމްދަނީއެއް ލިބޭ ދަނޑުވެރިންނާއި މަސްވެރިން ގުޅިގެން އުފައްދާ ވެލިއު ޗެއިން ކުންފުނި ނުވަތަ ކޯޕަރޭޓިވް ސޮސައިޓީ ތަރައްޤީކޮށް، ދަނޑުވެރިންނަށާއި މަސްވެރިންނަށް ދެމެހެއްޓެނިވި ގޮތެއްގައި ފައިދާ ފޯރުކޮށްދިނުމާއެކު ރަނގަޅު އަގު ލިބޭ ރިސޯޓު މާކެޓްތަކާ ގުޅުވައިދިނުމެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުޤުވެރިކަން ފާޅުކުރުމަށް ފުރާ ފޯމު މިމިނިސްޓްރީގެ ވެބްސައިޓް (www.fishagri.gov.mv) އަދި ރަސްމީގަޑިތަކުގައި މެރިން ރިސަރޗް ސެންޓަރުގައި ހުންނަ މިމިނިސްޓްރީގެ ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓުން ލިބެން ހުންނާނެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، މިކަމަށް ތައްޔާރުކުރެވިފައިވާ EOI-A1 ފޯމު ފުރިހަމަކުރުމަށްފަހު 31 ޑިސެންބަރު 2015 ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމަށް ފުރުޞަތު ދިނުމުގައި މިހާރުވެސް މަސްވެރިކަމާއި ދަނޑުވެރިކަމުގެ އުފެއްދުންތަށް (ވެލިއު އެޑިޝަން) ތައްޔާރުކުރަމުންދާ އަދި މާރކެޓްކުރުމުގެ ތަޖުރިބާހުރި ވެލިއުޗެއިން ކުންފުނި ނުވަތަ ކޯޕަރޭޓިވް ސޮސައިޓީތަކަށް (މާލެ ފިޔަވައި) އިސްކަންދެވޭނެއެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުޤުވެރިކަން ފާޅުކޮށް ފޯމު ހުށަހަޅާ ފަރާތްތައް އިވެލުއޭޓްކުރެވޭނެއެވެ. އަދި މި އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ޕްރޮޖެކްޓުގައި ބައިވެރިކުރުމަށްޓަކައި ބިޒްނަސް ޕްލޭނެއް ތައްޔާރުކުރަންޖެހޭނެއެވެ.  

ވީމާ، ކުންފުނި، ކޯޕަރޭޓިވް ސޮސައިޓީ ނުވަތަ ރަށުގެ ފަރާތްތަކަކާއެކު ގުޅިގެން މަތީގައި ދެންނެވިފައިވާ މަސައްކަތްތައް ކުރެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިކަމަށް ތައްޔާރުކުރެވިފައިވާ ފޯމު ފުރިހަމަކުރުމަށްފަހު މިމިނިސްޓްރީގެ ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓަށް ފޮނުއްވުން އެދެމެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ މި މިނިސްޓްރީގެ ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓުގެ 3341836 ނަންބަރަށް 0800 އާއި 1400 ދޭތެރޭގައި ގުޅުއްވުން އެދެމެވެ.

11 ޞަފަރު 1437

23 ނޮވެންބަރު 2015