ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)298/298/2025/69
ޕަބްލިޝްކުރި ތާރީޚް: 28 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 13:22
ސުންގަޑި: 07 ޖަނަވަރީ 2026 14:00
މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސްޓީއޯ އިން އެޖެންޓް ނެގުމާއި ގުޅޭ

ޢިއްލާން

އެސްޓީއޯ އިން އެޖެންޓް ނެގުމާއި ގުޅޭ

 

ރ.އަލިފުށީގައި އަސާސީ 23 ބާވަތް ވިއްކުމަށްޓަކައި އެޖެންޓުން ނެގުމަށް އެސްޓީއޯ އިންވަނީ ނިންމާފައެވެ. މިގޮތުން އެޖެންޓުންނަށް ބޭނުންވާ މުދާ މާލެ ޖެޓީއާއި ހަމައަށް ފޯރުކޮށްދިނުމުގެ އިންތިޒާމު އެސްޓީއޯ ކުންފުނިން ހަމަޖައްސައިދޭނެ ވާހަކަ ދަންނަވަމެވެ. އެޖެންޓުންނަށް މުދާ ވިއްކުމަށް ހަމަޖެހިފައިވާ ގޮތާއި އެޖެންޓެއް އައްޔަނު ކުރުމުގައި ބަލާނެ މިންގަނޑު ގެ ތަފްޞީލް، މި އިޢްލާނާއި އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ވީމާ، ރ.އަލިފުށީގައި ތިބި ވިޔަފާރީ ކުރާފަރާތްތަކުގެ ތެރެއިން، މި ކަމަށް ޝައުގުވެރިވާ ފަރާތްތައް 07 ޖަނަވަރީ 2026 ގެ 14:00 ގެ ކުރިން ތިރީގައިވާ ލިޔުންތަކާއި އެކު [email protected] އަށް އީމެއިލް ކުރެއްވުން ނުވަތަ އަލިފުށި ކައުންސިލް އިދާރާއަށް  ހުށައެޅުއްވުން އެދެމެވެ.

  • ވިޔަފާރި ރެޖިސްޓުރޭޝަން (ކޮޕީ)
  • ޖީއެސްޓީ ރެޖިސްޓުރޭޝަން (ކޮޕީ)
  • އައިޑީ ކާޑު (ކޮޕީ)
  • ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް
  • އެޖެންޓް ފީ (އަގުޝީޓް)

 

08 ރަޖަބް 1447

28 ޑިސެންބަރު 2025