ދިވެހިރާއްޖެ
އިޢުލާނު
ކޯޓޭޝަން ހުށަހެޅުމުގެ ދައުވަތު.
ހއ.ފިއްލަދޫ ކައުންސިލްގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންނަށް ޝޯލް ތައްޔާރުކުރުމަށް ބޭނުންވާތީ، ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް މި ތަކެތި ސަޕްލައިކޮށްދިނުމުގެ މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 30 ޑިސެމްބަރ 2025 ވާ އަންގާރަ ދުވަހުގެ 12:00 ކުރިން މަސައްކަތް ކޮށްދެވޭނެ އަގާއި މަސައްކަތު މުއްދަތު ހިމެނޭ ކޯޓޭޝަން [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.
މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން މި ކައުންސިލްގެ ނަމްބަރ 6500353 ފޯނަށް ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.