ވަޒީފާގެ ފުރުޞަތު
ނަންބަރު: UVH-HR-2025-01
ޕަބްލިޝްކުރި ތާރީޚް: 28 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 11:52
ސުންގަޑި: 08 ޖަނަވަރީ 2026 14:00
ޔުނިވިޔަ ހޯލްޑިންގސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
މެނޭޖަރ، ފައިނޭންސް އެންޑް ބިޒްނަސް ޑިވިލޮޕްމެންޓް

ވަޒީފާގެ ފުރުޞަތު

މަޤާމު:

މެނޭޖަރ، ފައިނޭންސް އެންޑް ބިޒްނަސް ޑިވިލޮޕްމެންޓް

ބޭނުންވާ ޢަދަދު:

01 (އެކެއް)

މުސާރައާއި އެލަވަންސް:

  • ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި މަހަކު 20,500 އާއި 22,500  ރުފިޔާއާއި ދެމެދުގެ އަދަދެއް
  • ހިޔުމަން ރިސޯސް ޕޮލިސީއާއި އެއްގޮތަށް އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. 

މަޤާމުގެ މަސްއޫލިއްޔަތާއި، ޝަރުތުތަކާއި، އަދި ހުށަހަޅަންޖެހޭ ލިއުންތަކުގެ މަޢުލޫމާތު:

 

  • މަޤާމުގެ މަސްއޫލިއްޔަތާއި، ޝަރުތުތަކާއި، އަދި ހުށަހަޅަންޖެހޭ ލިއުންތަކުގެ މަޢުލޫމާތު މި މަޤާމަށް ކުރިމަތިލުމަށް ފުރިހަމަ ކުރަންޖެހޭ ފޯމުގައި ހިމަނާފައިވާނެއެވެ.
  • ތިރީގައި އެވަނީ މިދެންނެވި ފޯމުގެ ލިންކްއެވެ.

https://da.gd/univiya

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

މަޤާމަށް އެދެންވީ ސުންގަޑި:

ސުންގަޑިއަކީ 08 ޖެނުއަރީ 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 އެވެ.

ނޯޓު :

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ކުންފުނީގެ ނަންބަރު 3013860 ނުވަތަ 7230099 އަށް ގުޅުއްވުން އެދެމެވެ.

28 ޑިސެންބަރު 2025