މަސައްކަތް
ނަންބަރު: 198-F/2025/123
ޕަބްލިޝްކުރި ތާރީޚް: 28 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 09:17
ސުންގަޑި: 07 ޖަނަވަރީ 2026 10:00
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ޤަޟާއީ އަހަރު 2025 އިފްތިތާހްކުރުމުގެ އިވެންޓް މުނޭޖްކޮށްދޭނެ ފަރާތެއް ހޯދުން

ޤަޟާއީ އަހަރު 2025 އިފްތިތާޙް ކުރުމަށްޓަކައި ބާއްވާ ޙާއްޞަ އިވެންޓް މެނޭޖް  ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 31 ޑިސެމްބަރ 2025 ވާ ބުދަ ދުވަހުގެ 13:00 އަށް މި ޑިޕާޓްމަންޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 07 ޖަނަވަރީ 2026 ވާ ބުދަ ދުވަހުގެ 10:00 އަށް މި ޑިޕާޓްމަންޓަށް އަންދާސީހިސާބު ހުށައެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ދުވަހު ގަޑިއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

28 ޑިސެންބަރު 2025