ދިވެހިރާއްޖެ
އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު
ތިލަފުށީގައި ހުރި ކުނި މެނޭޖްކުރުމަށް ބޭނުންކުރުމަށް ހަމަޖެހިފައިވާ އުފުލިތަކުގެ ފެންވަރު ބަޔާންކުރާ ރިޕޯޓު ތައްޔާރުކުރުމާބެހޭ
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ (އެމް.އީ.އީ.)ގެ ފަރާތުން ތިލަފުށީގައި ކުނި މެނޭޖްކުރުމަށް ބޭނުންކުރުމަށް ހަމަޖެހިފައިވާ އުފުލިތަކުގެ ފެންވަރު ބަލައި ދިރާސާކުރުމަށްފަހު ފެންވަރު ބަޔާންކުރާ ރިޕޯޓު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މި މަސައްކަތުގެ މަޤުޞަދަކީ ތިލަފުށީގައިވާ ކުނި މެނޭޖްކުރުމަށް ބޭނުންކުރުމަށް ހަމަޖެހިފައިވާ އުފުލިތައް ބޭނުންކުރެވޭ ފެންވަރަށް މަރާމާތުކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާއި، އެ މަސައްކަތްތަކަށް ދާނެ ޚަރަދާއި މުއްދަތު ކަނޑައެޅޭނޭވަރުގެ މަޢުލޫމާތު އެއްކުރުމެވެ.
މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ އިންޑިވިޖުއަލް ކޮންސަލްޓެންޓުންނަށް ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން އަރުވަމެވެ.
ހުށަހަޅަންވީ ތަކެތި
- ތިލަފުށީގައި ހުރި ކުނި މެނޭޖްކުރުމަށް ބޭނުންކުރުމަށް ހަމަޖެހިފައިވާ އުފުލިތަކުގެ ފެންވަރު ބަޔާންކުރާ ރިޕޯޓު ތައްޔާރުކުރެވޭނެ އަގު
- މަސައްކަތް ނިންމޭނެ މުއްދަތު
- މަސައްކަތްކުރާ ފަރާތުގެ މަޢުލޫމާތު (ސީވީ އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ)
- މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.
މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓު www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މި ކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު އޮޅުންފިލުވަން ބޭނުންވެއްޖެނަމަ އީމެއިލްގެ ޒަރީޢާއިން ނުވަތަ ލިޔުމަކުން 26 ނޮވެމްބަރ 2015 ވާ ބުރާސްފަތި ދުވަހު ހެނދުނު 10:00 ގެ ކުރިން މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 30 ނޮވެންބަރު 2015 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި މިމިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. ސިޓީއުރައިގެ ބޭރުގައި "ތިލަފުށީގައި ހުރި ކުނި މެނޭޖްކުރުމަށް ބޭނުންކުރުމަށް ހަމަޖެހިފައިވާ އުފުލިތަކުގެ ފެންވަރު ބަޔާންކުރާ ރިޕޯޓު ތައްޔާރުކުރުމާބެހޭ" މިހެން ޖެއްސެވުމަށްފަހު ތިރީގައިވާގޮތަށް އެޑްރެސްކޮށް ރައްދުކުރަންވާނެއެވެ. މިވަގުތުގެ ފަހުން ރައްދުކުރެވޭ ބީލަންތައް ބަލައެއްނުގެނެވޭނެއެވެ. ބީލަން ހުޅުވާނީ މަތީގައި ދެންނެވިފައިވާ ގަޑީގައި ތިރީގައިވާ އެޑްރެހަށް ވަޑައިގަންނަވާ ބީލަން ހުށަހަޅުއްވާ ފަރާތްތަކުގެ މަންދޫބުންގެ ހާޒިރުގައެވެ.
ޕްރޮކިއުމަންޓް ޔުނިޓް
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
މާފަންނު، ހަނދުވަރީ ހިނގުން
މާލެ، ދިވެހިރާއްޖެ
އީ.މެއިލް: [email protected]
ވެބްސައިޓް: www.environment.gov.mv
ފޯން: 3018368 (960+) , 3018431 (960+) ފެކްސް: 3018301 (960+)