ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
"ފްރައިޓް ފޯވަރޑިން"ގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުމާއި ބެހޭ
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ)ގެ ޑިއުޓީ ފްރީގައި ވިއްކުމައްޓަކައި ރާއްޖެއިން ބޭރުން ގެންނަ މި ކުންފުނީގެ މުދަލަށް "ފްރައިޓް ފޯވަރޑިން"ގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު: 116-FB2/IL/2025/46 އިއުލާނާއި ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އެއިއުލާން ބާތިލުކޮށް އަލުން ބީލަމަށް ހުޅުވާލަމެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2025 ޑިސެންބަރު 28 ވާ އާދިއްތަ ދުވަހުގެ ހެދުނު 11:15 ގައި މި ކުންފުނީގެ މައި އިދާރާ (އެމް.އޭ.ސީ.އެލް ކޯޕަރޭޓް އޮފީސް، ވީ.އައި.އޭ)ގައި އޮންނާނެއެވެ. އަދި ތައްޔާރު ކުރެވިފައިވާ ބީލަންފޮތް މިކުންފުނީގެ "ޓެންޑަރ ޕޯޓަލް"(https://tender.macl.aero) ތެރެއިން މިބީލަމަށް ޝައުގުވެރިކަން ފާޅުކުރުމުން ލިބިލައްވާނެއެވެ. "ޓެންޑަރ ޕޯޓަލް"އާއި ގުޅޭ އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ 7981289 އާއި ގުޅުއްވުން އެދެމެވެ.
"ޓެންޑަރ ޕޯޓަލް" ތެރެއިން ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 2025 ޑިސެންބަރު 29 ވާ ހޯމަދުވަހުގެ މެންދުރު 2:15 ގައެވެ. "ޓެންޑަރ ޕޯޓަލް" ތެރެއިން ހުށަހަޅާ ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 2025 ޑިސެންބަރު 29 ވާ ހޯމަދުވަހުގެ މެންދުރު 2:15 ގައި، މިކުންފުނީގެ މައި އިދާރާގައި ބީލަން ހުށަހެޅި ފަރާތްތަކުގެ ހާޒިރުގައެވެ.
ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން، މިކުންފުންޏަށް އެންމެ ފައިދާހުރި ބީލަމެއް ހުށަހަޅާފައިވާ ފަރާތެއް ބަލައި އެވޯޑްކުރެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3337430/3337266/3337236/3026431/3337279 ، ފެކްސް 3331772 ، އީމެއިލް [email protected] ، ވެބްސައިޓް www.macl.aero އަށެވެ.