ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)166/166/2015/133
ޕަބްލިޝްކުރި ތާރީޚް: 16 ނޮވެންބަރު 2015
ޕަބްލިޝްކުރި ގަޑި: 13:05
ސުންގަޑި: 29 ނޮވެންބަރު 2015 13:30
ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
އޮފީސް އެސިސްޓެންޓް (ވަގުތީ)

އިޢުލާން

މަޤާމު

އޮފީސް އެސިސްޓެންޓް (ވަގުތީ)

މުއްދަތު

03 މަސް ދުވަސް

އަދަދު / ސެކްޝަން

01 (އެޑްމިން ސެކްޝަން)

މުސާރަ

މަސައްކަތްކުރާ ކޮންމެ ދުވަހަކަށް -/220 ރުފިޔާ (ދުވާލަކު 6 ގަޑިއިރު) އަދި އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ތަޢުލީމާ ތަޖްރިބާ

- މަޤާމަށް ބޭނުންވާ ތަމްރީނެއް/ ލައިސެންސެއް/ ހުއްދައެއް/ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

- މަޤާމުގެ މަސައްކަތުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤަޢުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ކުރަން ޖެހޭ މަސައްކަތް

  1. އެކިއެކި ސްކޮލާރޝިޕްތަކާއި ދަރިވަރުންގެ އެކައުންޓްތަކަށް ޖަމާކުރަންޖެހޭ ފައިސާ/ ޗެކް ބޭންކްތަކަށް ގެންދިޔުން.
  2. އެކިއެކި ފަރާތްތަކަށް ފޮނުވާ ލިޔެކިޔުންތަކާއި ތަކެތި ރައްދުކުރުމުގެ މަސައްކަތްކުރުން.
  3. އޮފީހުގެ ޚިދުމަތްތަކަށް ހޯދޭ ތަކެތި ގެނައުމުގެ މަސައްކަތްކުރުން.
  4. އެކިއެކި ޖަލްސާތަކަށާއި ފަންކްޝަންތަކަށް ހޯލް ތައްޔާރު ކުރުމުގެ މަސައްކަތްކުރުން.
  5. އޮފީސް ފޮޅައި ސާފުކޮށް ބެލެހެއްޓުމަށް މަސައްކަތްކުރުން.
  6. އެކިއެކި ބައްދަލުވުން/ ޖަލްސާތަކަށް ސައިތައްޔާރުކުރުމުގެ މަސައްކަތްކުރުން.
  7. އޮފީހުގެ އެކިއެކި ޚިދުމަތްތަކަށް ކުއްޔަށް ހޯދޭ ތަކެތި ގެނައުމާއި ޚިދުމަތް ނިމުމުން އެ ތަކެތި އަނބުރާ ފޮނުވުމުގެ މަސައްކަތްކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީން

- މަސައްކަތުގެ ދާއިރާގައި ލިބިފައިވާ ތަޖުރިބާއަށް ބެލުން

- ޤާބިލުކަން ކަށަވަރުކުރުމާއި، މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވާ މިންވަރު ވަޒަން ކުރުމަށްޓަކައި، އިންޓަވިއުކުރުން.

ހުށަހަޅާން ޖެހޭތަކެތި

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި ޑިޕާޓްމަންޓްގެ ކައުންޓަރުން ލިބެންހުންނާނެއެވެ(.

ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) ކޯހެއްގެ ސެޓްފިކެޓް ލިބިފައިނުވާނަމަ ކޯސް ހެދި ތަނަކުން ކޯސް ނިންމިކަމުގެ ލިޔުމާއި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކޯހެއް އެކްރެޑިޓް ކުރެވޭ ލެވަލް ބަޔާންކޮށްދޭ ލިޔުން.

ރ-  މަސައްކަތުގެ ތަޖުރިބާ އަށް މާރކްސް ދިނުމަށް ހަމަޖެހިފައިވާތީ އެކަން ދެނެގަތުމަށް، މަސައްކަތް ކުރައްވާފައިވާ ނުވަތަ ކުރައްވަމުންގެންދަވާ  އިދާރާތަކުން ހޯއްދަވާފައިވާ ލިޔުން. މިފަދަ ލިޔުން ތަކުގައި ކުރެއްވި މަސައްކަތް އަދި މުއްދަތު އެނގެން އޮންނަންވާނެއެވެ. މި ލިޔުން ތަކުގައި ވަޒީފާ އަދާކުރައްވަން ފެށްޓެވި އަދި ވަކިވި ދުވަސް/ މަސް/ އަހަރު ވެސް އެނގެން އޮންނަންވާނެއެވެ.

ބ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

ސުންގަޑި

މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ޑިޕާރޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން / ހ. ވެލާނާގެ (2 ވަނަ ފަންގިފިލާ) ކައުންޓަރަށް.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 29 ނޮވެންބަރު 2015 ވަނަ ދުވަހުގެ 13:30 ގެ ކުރިން.

އިންޓަވިއު

މިކަމަށްއެދި ހުށަހަޅާފަރާތްތަކާއި ކުރެވޭ އިންޓަވިއު އޮންނާނީ 30 ނޮވެންބަރު އާއި 03 ޑިސެންބަރު 2015 އާ ދެމެދުގެ ތާރީޚެއްގައެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނެ ނަންބަރަކީ 3341307، 3341303 އެވެ.

04 ޞަފަރު 1437

16 ނޮވެންބަރު 2015