ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)88-ADHR/88/2025/677
ޕަބްލިޝްކުރި ތާރީޚް: 25 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 12:51
ސުންގަޑި: 11 ޖަނަވަރީ 2026 12:00
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
ޑިވްލޮޕްމަންޓް އޮފް ވޯޓަރ، ސްވަރޭޖް، އެންޑް ވޭސްޓް ސްޕެޝަލް ޕްރޮޖެކްޓްސް މޯލްޑިވްސް - އެސިސްޓަންޓް އިންޖިނިއަރ

ޑިވްލޮޕްމަންޓް އޮފް ވޯޓަރ، ސްވަރޭޖް، އެންޑް ވޭސްޓް ސްޕެޝަލް ޕްރޮޖެކްޓްސް މޯލްޑިވްސް

ޝަޢުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

އެސިސްޓަންޓް އިންޖިނިއަރ

 

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އިން ކުރިއަށްގެންދާ 'ޑިވްލޮޕްމަންޓް އޮފް ވޯޓަރ، ސްވަރޭޖް، އެންޑް ވޭސްޓް ސްޕެޝަލް ޕްރޮޖެކްޓްސް މޯލްޑިވްސް' މަޝްރޫޢުތައް ކޯޑިނޭޓްކޮށް މެނޭޖްކުރާނެ އެސިސްޓަންޓް އިންޖިނިއަރެއް ހޯދުމަށް ބޭނުންވެއެވެ.

އެސިސްޓަންޓް އިންޖިނިއަރުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ފެނާއި ނަރުދަމާ އަދި ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓްތަކުގެ އެކިއެކި މަސައްކަތްތައް ޕްރޮޖެކްޓް ޑޮކިއުމަންޓް އަދި އިރުޝާދުނާމާ އާއި އެއްގޮތްވާގޮތުގެ މަތިން އިންޖިނިއަރިންގ އެޑްވައިސް އަދި ސަޕޯޓް ދިނުމާއި  ޕްރޮޖެކްޓް ސައިޓްތަކަށް ދަތުރުކޮށް ޓެކްނިކަލް އެސްޕެކްޓް އާއި އެއްގޮތަށް މަސައްކަތް ކުރިއަށްދާ ކަން ކަށްވަރު ކުރުން ހިމެނެއެވެ.

އެސިސްޓަންޓް އިންޖިނިއަރުގެ  މަޤާމަށް  ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުތުތަކުގެ ތެރޭގައި:

ހ)  ސިވިލް އިންޖިނަރިންގ ނުވަތަ އެންވަޔަރަމަންޓަލް އިންޖިނިއަރިންގ ދާއިރާއަކުން ބެޗްލާރސް ޑިގްރީ އެއް ހާސިލް ކޮށްފައިވުން

ށ)  މަސައްކަތާއި ގުޅޭ ދާއިރާއިން 3 އަހަރު ދުވަހުގެ އަމަލީ ތަޖްރިބާ ލިބިފައިވުން

ނ) ފެނާއި ނަރުދަމާ ނުވަތަ ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް ތަކުގައި މަސައްކަތް ކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ރ) އިގިރޭސި ބަހާއި ދިވެހި ބަހުން ފުރިހަމައަށް މުއާމަލާތްކުރަން އެގުން

ބ) މަޝްރޫއު ހިންގުމުގައި ބޭނުންކުރާ ސޮފްޓްވެއާރތައް ބޭނުންކުރަން އެނގޭ ފަރާތަކަށް ވުން

- އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ޤާބިލްކަން ލިބިފައިވުމާއިއެކު ދިމާވާ މައްސަލަތައް ޙައްލުކުރުމަށް އެގުމާއި،  މުޢާމަލާތްކުރުމުގެ ހުނަރުލިބިފައިވުމާއި، އަދި ތަފާތު ހުނަރުތައް އެކުލެވޭ ޓީމެއްގައި މަސައްކަތްކުރުމުގެ ޤާބިލްކަން ލިބިފައިވުން؛ 

- ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހަކަށް ވުމާއި އެކު ޕްރޮޖެކްޓްގެ ބޭނުމަށް ރަށްރަށަށް ދަތުރުކުރެވޭނެ މީހަކަށް ވުން.

- މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ ނަޒާހަތްތެރި އެހިނެހިން ފަރާތްތަކުގެ ނުފޫޒުން އެއްކިބާވެފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ.

އުޖޫރަ

މި މަޤާމަށް ހޮވޭ ފަރާތުގެ ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާ އަށް ބިނާކޮށް 22،000 ރުފިޔާ އާއި 25،300 ރުފިޔާއާ ދެމެދުގެ އެލަވަންސެއް ދެވޭނެއެވެ.

މަސައްކަތުގެ މުއްދަތު

މި މަސައްކަތުގެ މުއްދަތަކީ 12 މަސްދުވަހެވެ. އަދި މުއްދަތު އިތުރުކުރަން ޖެހިއްޖެ ހިނދެއްގައި މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރެވިދާނެއެވެ. މިމަސައްކަތައް ހޮވޭފަރާތުން މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 2026 ގައެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

-       ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ (އެކްސްޕްރޭޝަން އޮފް އިންޓަރެސްޓް)

-       ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު

-       ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

-       ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ އެކްރިޑެޓްކުރެވިފައިވާ ކޮޕީ

-       ކުރީގައި ކޮށްފައިވާ މަސައްކަތްތަކުގެ ސާމްޕަލް ނުވަތަ ޕޯޓްފޯލިއޯ

މި ކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މިމަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތު ކޮށްދިނުމުގެ ގޮތުން؛  ދާއިރާއިން  ކޮށްފައިވާ މަސައްކަތްތަކުގެ މަޢުލޫމާތު، މިފަދަ މަޢުހައުލުތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަން ވާނެއެވެ.

މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected]އީމެއިލް ކުރެއްވުން އެދެމެވެ.

ޝަޢުޤުވެރިވާ ފަރާތްތަކުން 11 ޖަނަވަރީ 2026 ވަނަދުވަހުގެ 12:00 ގެ ކުރިން، އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" އީމެއިލް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

ހިއުމަން ރިސޯސް ޑިވިޜަން،

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް

ވެލާނާގެ 5ވަނަ ފަންގިފިލާ، 20096، އަމީރު އަހުމަދު މަގު، މާލެ، ދިވެހިރާއްޖެ.

އީމެއިލް: [email protected]

 

ނޯޓް: މައުލޫމާތު ފުރިހަމަނޫން އެޕްލިކޭޝަންތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އަށް ލިބިގެންވެއެވެ. އަދި މި އިއުލާނު ކޮންމެ ވަގުތެއްތައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އަށް ލިބިގެންވެއެވެ.

25 ޑިސެންބަރު 2025