ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)MHC/MHC/2025/09
ޕަބްލިޝްކުރި ތާރީޚް: 25 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 12:45
ސުންގަޑި: 04 ޖަނަވަރީ 2026 14:00
ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ޕްރިންސިޕަލް ހެލްތް ކެއަރ އެޑްމިނިސްޓްރޭޝަން އޮފިސަރ

މަޤާމު

 ޕްރިންސިޕަލް ހެލްތް ކެއަރ އެޑްމިނިސްޓްރޭޝަން އޮފިސަރ

މަޤާމުގެ ނަންބަރު

   J-430439

ބޭނުންވާ އަދަދު

 01 (އެކެއް)

މަޤާމުގެ ގިންތި

 ދާއިމީ

ވަޒީފާ އަދާ ކުރަންޖެހޭ ތަން

 ގއ.މާމެންދޫ ސިއްޙީމަރުކަޒު

މަގާމުގެ ރޭންކް

 (ޕަބްލިކް ސަރވިސް ރޭންކް 8- ސްޓެޕް 1)

 

 

 

 

މަގާމް: ޕްރިންސިޕަލް ހެލްތް ކެއަރ އެޑްމިނސްޓްރޭޝަން އޮފިސަރ

ރޭންކް

އަސާސީ ޝަރުތު

މުސާރަ

މަގާމުގެ އެލަވަންސް

ހާޒިރީ އިނާޔަތް

 

 

 

 

PS8-1

މަޤާމުގެ މަސައްކަތާ ގުޅުންހުރި  ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއްހާސިލްކޮށްފައިވުން، ނުވަތަ މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއިއެކު، މަގާމުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

11،620.00/-ރ

5،420.00/-ރ

145.00 /-ރ

އެހެނިހެން އެލަވަންސް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ދަޢުލަތުގެ ޕޭފްރޭމް ވާރކްގެ މިންގަޑުތައް (01 ނޮވެމްބަރ 2025 އެއްގޮތަށް) އިތުރުގަޑީގެ ފައސާ އަދި އެހެނިހެން އިނާޔަތްތައް.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. 1.     ޞިއްޙީ މަރުކަޒުގެ އެއްގަމުގައި ދުއްވާ ވެހިކަލްތައް ބަލަހައްޓައި އެތަކެތި މަރާމާތުކުރުމާއި، މަރާމާތުގެ މަސައްކަތްތައް ހިނގާ ނުހިނގާ ގޮތް ބެލެހެއްޓުން އަދި ކުރަންޖެހޭ ދަތުރުތަކުގެ ކަންކަން ރާވާ ހިންގާ ބެލެހެއްޓުމާއި ވެހިކަލްތައް ޖިސްޓްރީކޮށް ބެލެހެއްޓުމާއި، ޞިއްޙީމަރުކަޒުން ކުރަންޖެހޭ އެއްގަމު ދަތުރުތަކާއި، ކަނޑުމަގުން ކުރަންޖެހޭ ދަތުރުތައް އިންތިޒާމްކުރުވުން.
  2. 2.     ޞިއްޙީ މަރުކަޒު ގައި ހުންނަ ތަކެތީގެ ތެރެއިން ގަވާއިދުން ސާރވިސް ކުރަންޖެހޭ ތަކެތި ސާރވިސް ކުރުމުގެ ކަންތައް އިންތިޒާމްކޮށް ހިންގާ ބެލެހެއްޓުމުގެ މަސައްކަތް ކުރުވުން
  3. 3.     ޞިއްޙީ މަރުކަޒާއި ޞިއްޙީމަރުކަޒުގެ ދަށުގައިވާ އިމާރާތްތައް ސާފުކޮށް ބެލެހެއްޓުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ރާވާ ހިންގާ ބެލެހެއްޓުން.
  4. 4.     ޞިއްޙީ މަރުކަޒުގެ ބިންބިމާއި އިމާރާތްތަކާއި، އުޅަނދުފަހަރާއި، ވެހިކަލްތަކާއި ހަރުމުދަލުގެ އިންވެންޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރުވުން.
  5. 5.     ޞިއްޙީ މަރުކަޒުގެ އިމާރާތްތަކާއި އެތަންތަނުގެ ތަކެތި މަރާމާތާއި ބެހޭ މަސައްކަތްތައް ހިންގާ ބެލެހެއްޓުން.
  6. 6.     ޞިއްޙީމަރުކަޒުގެ މެޑިކަލް އަދި ޖެނަރަލް ސްޓޮކްއަށް ބޭނުންވާ ތަކެތި ހޯދާ އަޕްޑޭޓްކޮށް ބެލެހެއްޓުމުގެ މަސައްކަތް ހިންގާ ބެލެހެއްޓުމާއި ބޭނުންވާ ތަކެތި ދޫކުރުމުގެ މަސައްކަތް ކުރުވުން.
  7. 7.     ޞިއްޙީ މަރުކަޒުގެ ފަޔަރ އެލާމް ސިސްޓަމް އިންތިޒާމްކުރުމާއި، މުވައްޒަފުންގެ ރައްކާތެރިކަމަށް ބޭނުންވާ މަޢުލޫމާތާއި ތަމްރީން ފޯރުކޮށް ދިނުމުގެ މަސައްކަތް ކުރުވުން.
  8. 8.     ޞިއްޙީ މަރުކަޒުގެ ޓެލެފޯން ލައިންތަކާއި ޕީއޭބީއެކްސް ބެލެހެއްޓުމުގެ މަސައްކަތް ކުރުވުން
  9. 9.     ޞިއްޙީމަރުކަޒުގެ ސްޓޮކްގައިހުރި ނައްތާލަންޖެހޭ ތަކެތި ގަވާއިދުން ނައްތާލުމަށް ކުރަންޖެހޭ މަސައްކަތްތަކާއި، ނީލަން ކިޔަންޖެހޭ ތަކެތި ނީލަން ކިޔުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުވުން.

10. ޞިއްޙީ މަރުކަޒުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ އިންތިޒާމް ހަމަޖެއްސުން.

11. ޞިއްޙީ މަރުކަޒުން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުވުން.

12. ޞިއްޙީ މަރުކަޒުގެ ފައިސާ އާއި ބެހޭ އެންމެހާ ކަންކަން ދައުލަތުގެ މާލިއްޔަރުގަވާއިދާއި އެއްގޮތަށް ރާވާ، ހިންގާ ބެލެހެއްޓުމާއި، ފައިސާގެ މަސައްކަތްކުރާ  މުވައްޒަފުންގެ މަސައްކަތް ދުވަހުން ދުވަހަށް މޮނިޓަރކޮށް ސެކްޝަންގެ މަސްއޫލިއްޔަތުތައް ރަނގަޅަށް އަދާކުރެވެމުންދާކަން ޔަޤީންކުރުން، އަދި ސެކްޝަންގެ މަސްއޫލިއްޔަތުތައް މުވައްޒަފުންނާ ހަވާކުރެވިފައިވާގޮތް ރިވިއުކޮށް ގެންނަންޖެހޭ އިޞްލާޙު ގެނައުން.

13. ބަޖެޓްއާއި ގުޅިގެން ދިމާވާ މައްސަލަތަކާއި، ނިންމަންޖެހޭ ނިންމުންތައް ޤާނޫނާއި ގަވާއިދާއި އެއްގޮތައް، އަދި ކަނޑައެޅިފައިވާ އުސޫލުތަކާއި އެގޮތަށް އިސްވެރިޔާގެ ލަފަޔާއި އިރުޝާދާއި އެއްގޮތްވާ ގޮތުގެ މަތިން ނިންމުން.

14. އެކައުންޓްތަކަށް އަނބުރާ ޖަމާކުރާ ފައިސާއާއި، އިތުރަށް ހޯދަންޖެހޭ ފައިސާއާ ބެހޭ ސިޓީތައް ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ފޮނުވާފައިވޭތޯއާއި އެ ސިޓީތަކަށް ޖަވާބުލިބިފައިވޭތޯ ބަލައި ޗެކްކުރުން އަދި ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ވާއިދާ އެއްގޮތަށް، ކުރަންޖެހޭ ދަތުރުތަކަށް ބޭނުންވާ ފައިސާ ދިނުމާއި، ދޫކުރާ ފައިސާ ޚަރަދުކުރި ގޮތުގެ ރިޕޯޓްތައް ތައްޔާރުކޮށްފައިވޭތޯ ބަލައި ޗެކްކުރުން.

15. ޞިއްޙީ މަރުކަޒަށް ބޭނުންވާ އިދާރީ މުވައްޒަފުންނާއި ޓެކްނިކަލް މުވައްޒަފުން ހަމަޖެއްސުމުގެގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ވިލަރެސްކޮށް ބެލެހެއްޓުމާއި މުވައްޒަފުންލައްވާ ކުރުވުން.

16. ސިވިލް ސަރވިސްގެ ގަވާއިދުތަކަށް މުވައްޒަފުން އަހުލުވެރި ކުރުވުމުގެ ގޮތުން ހިންގަންޖެހޭ ޕްރޮގްރާމްތައް ހިންގުމުގެ މަސައްކަތް ކުރުމާއި ކުރުވުން.

17. ޞިއްޙީމަރުކަޒު ގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބޭނުންވާ ޓްރޭނިންގ ތަކަކީ ކޮބައިތޯބަލާ، ޓްރޭނިންގ ރިކުއަރމަންޓް ތައްޔާރުކުރުމާއި ޓްރޭނިންގ ފުރުޞަތުތައް ހޯދުމަށް މަސައްކަތްކުރުން.

18. މުވައްޒަފުންނަށް އަންގަންޖެހޭ އާންމު އުސޫލުތައް އެންގުމުގެ މަސައްކަތްކުރުމާއި ދަށުގައިތިބޭ މުވައްޒަފުންލައްވާ ކުރުވުން.

19. ޞިއްޙީ މަރުކަޒުގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް "ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމާބެހޭ އަތްމަތީ ފޮތުގައި" ވާ ގޮތުގެމަތިން ހިންގާ ބެލެހެއްޓުން.

20. ޞިއްޙީ މަރުކަޒުގެ މުވައްޒަފުންގެ މުސާރަ ދިނުމަށްޓަކައި ބޭނުންވާ ލިޔެ ކިޔުންތަކާއި މައުލޫމާތުތައް އެއްކޮށް މުސާރަ ޝީޓް ތައްޔާރުކޮށް ކަނޑައެޅިފައިވާ މުއްދަތުގައި މުސާރައިގެ ކަންތައް ނިންމާ ހޮސްޕިޓަލަށް ރިޕޯޓްތައް ފޮނުވުން.

21. ޞިއްޙީ މަރުކަޒުގެ މުވައްޒަފުންގެ ރެކޯޑްސްތައް ގަވާއިދުން ބެލެހެއްޓުމާއި، މުވައްޒަފުންގެ ރަޖިސްޓްރީތައް އަޕްޑޭޓް ކުރުވުމާއި، މުވައްޒަފުންގެ ފައިލްތައް އަޕްޑޭޓްކުރުމުގެ މަސައްކަތް ކުރުވުން.

22. ޞިއްޙީ މަރުކަޒުގައި މަސައްކަތްކުރާ މަވައްޒަފުންނަށް ހައްޤުވާ ޗުއްޓީތައް ދިނުމާއި، ޗުއްޓީ ރެކޯޑްތައް ދުވަހުން ދުވަހަށް އަޕްޑޭޓްކުރުވުމާއި އެކަން ހިނގާގޮތް ބެލެހެއްޓު

23. ޞިއްޙީ މަރުކަޒުގައި ބޭނުން ކުރަމުންދާ ހޮސްޕިޓަލް އިންފޮމޭޝަން ސިސްޓަމް ހަރުދަނާކޮށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ބޭނުންވާ މަޢުލޫމާތުތައް ހޮސްޕިޓަލްގެ އައި.ޓީ ކަންކަން ބަލަހައްޓާ ފަރާތަށް ފޯރުކޮށް ދިނުން.

24. ޞިއްޙީ މަރުކަޒުގެ ރިސެޕްޝަން ކައުންޓަރުން ދެމުން އަންނަ ޚިދުމަތްތައް ދެވޭނެ އިންތިޒާމު ހަމަޖެއްސުމާއި، މެޑިކަލް ރެކޯޑްސްތައް ބެލެހެއްޓޭނެ ހަރުދަނާ ނިޒާމެއް ގާއިމްކުރުން.

25. ޞިއްޙީ މަރުކަޒުން ދެމުންއަންނަ ޚިދުމަތް މެދުކެނޑުނަ ނުދީ ކުރިއަށް ގެންދިއުމަށް ބޭނުންވާ ތަކެއްޗާއި، ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތްތައް މުވައްޒަފުންލައްވާ ކުރުވުން.

26. ޞިއްޙީ އިމަރޖެންސީތަކާއި، ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވުން.

ތައުލީމީ ރޮނގުތައް:

  • ހޮސްޕިޓަލް އެޑްމިނިސްޓްރޭޝަން، ހެލްތު ކެއަރ އެޑްމިނިސްޓްރޭޝަން، ހެލްތު އެޑްމިނިސްޓްރޭޝަން، ހެލްތު ސަރވިސަސް އެޑްމިނިސްޓްރޭޝަން، ޕަބްލިކް ހެލްތު އެޑްމިނިސްޓްރޭޝަން.         
  • ހޮސްޕިޓަލް މެނޭޖްމަންޓް، ހެލްތު ސަރވިސަސް މެނޭޖްމަންޓް، ހެލްތު ކެއަރ މެނޭޖްމަންޓް، ހެލްތު މެނޭޖްމަންޓް.        
  • އެޑްމިނިސްޓްރޭޝަން، ޕަބްލިކް އެޑްމިނިސްޓްރޭޝަން، ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް، ޕަބްލިކް މެނޭޖްމަންޓް، މެނޭޖްމަންޓް، ބިޒްނަސް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ހިއުމަން ރިސޯސް މެނޭޖްމަންޓް، ހިއުމަން ރިސޯސް.
  • ފައިނޭންސް، ޕަބްލިކް ފައިނޭންސް، ފައިނޭންޝަލް މެނޭޖްމަންޓް، ފައިނޭންޝަލް ޕްލޭނިންގ، އިސްލާމިކް ފައިނޭންސް، އިސްލާމިކް ބޭންކިންގ އެންޑް ފައިނޭންސް، އެކައުންޓިންގ އެންޑް ފައިނޭންސް، އެކައުންޓިންގ، އޮޑިޓިންގ، އިންޓާރނަލް އޮޑިޓިންގ، ކޮމާސް.
  • ނާރސިންގ، ލެބޯޓަރީ ސައިންސް، މެޑިކަލް ސައިންސް.

 

ގުޅޭ ވަޒީފަގެ ދާއިރާތައް

* ޞިއްޙީ ޚިދުމަތްދޭ އިދާރާއެއްގެ އެޑްމިނިސްޓްރޭޝަނާގުޅޭ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތައް

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. 1.     ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. 2.     ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. 3.     ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. 4.     ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ:

 

(މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް އަދި ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް ފިޔަވައި، ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ދޫކުރާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން (ކޯސް ކޮމްޕްލީޝަން ލެޓަރ) ބަލައިގަނެވޭނީ، ލިޔުމުގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން "ބެޗް ވެލިޑޭޓް" ކޮށް ދަރިވަރުންނަށް ސަނަދު ދިނުމުގެ ހުއްދަ އެ މަރުކަޒަކަށް ދީފައިވާ ހުއްދަ ނަންބަރު ހިމަނާފައިވާ ނަމައެވެ.)

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް"

 

 

 

 

 

ވަޒީފާއަށް އެންމެ ޤާބިލު                 ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުޠު ހަމަވުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް

5

އަސާސީ ޝަރުޠަށް ވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

ޕުރެޒެންޓޭޝަން

20

 އިންޓަރވިއު

35

 

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހަޅުއްވާނީ 04 ޖަނަވަރީ 2026 ވަނަ ދުވަހުގެ  14:00 ގެ ކުރިން ގއ.މާމެންދޫ ސިއްޙީ މަރުކަޒަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށައަޅާފައިނުވާނަމަ އެޕްލިކޭޝަން ބާތިލް ކުރެވޭނެއެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ.

 އިންޓަރވި އަދި  ޕުރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ، 05 ޖަނަވަރީ 2026 އާއި

31 ޖަނަވަރީ 2026 ދެމެދު، ގއ.މާމެންދޫ ސިއްޙީ މަރުކަޒުގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިންޓަވިއު އަދި ޕުރެޒެންޓޭޝަނަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިބުމަށް އެދެމެވެ.

 

ވަޒީފާއަށް ކުރިމަތިލީ

ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް( A2 ޝީޓް) އާންމުކުރުން

 

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި ދިވެހިސަރުކާރުގެ ގެޒެޓް ގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މިއިދާރާއަށް ހުށަހަޅަންވާނެއެވެ. ([email protected])

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (6824752) އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

25 ޑިސެންބަރު 2025