ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)459-DPt/459/2015/21
ޕަބްލިޝްކުރި ތާރީޚް: 15 ނޮވެންބަރު 2015
ޕަބްލިޝްކުރި ގަޑި: 12:19
ސުންގަޑި: 06 ޑިސެންބަރު 2015 13:00
މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
ދިވެހިރާއްޖެ
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލްގެ މެންބަރުން ހޮވުމަށް އިޢުލާންކުރުން

އިޢުލާން

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލަށް މެންބަރުން ހޮވުން:

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލް މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. ތިރީގައިވާ ދާއިރާތަކަށް މި ކައުންސިލަށް ބޭނުންވަނީ، މި މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލު މީހުންނެވެ.

1- ޤާނޫނު ނަންބަރު 8/2010 ގެ 5 ވަނަ މާއްދާގެ (ހ) (3) ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ ޑޮކްޓަރުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރެއް.

2- ޤާނޫނު ނަންބަރު 8/2010 ގެ 5 ވަނަ މާއްދާގެ (ހ) (5) ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ޖަމްޢިއްޔާ ނުވަތަ އެފަދަ މީހުންނަށް ޚިދުމަތްދޭ ޖަމްޢިއްޔާތަކުން އިންތިޚާބުކުރާ މެންބަރެއް.

3- ޤާނޫނު ނަންބަރު 8/2010 ގެ 5 ވަނަ މާއްދާގެ (ހ) (6) ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރެއް.

ދާއިރާ

ޤާނޫނު ނަންބަރު 2010/08 ގެ 5 ވަނަ މާއްދާގެ (ހ) (3) ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ ޑޮކްޓަރުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރެއް.

ޝަރުޠުތައް

- ކައުންސިލް ބައްދަލުވުންތަކުގައި ބައިވެރިވެވޭނެ މީހަކަށްވުން.

- މެޑިކަލް ދައިރާގެ މަސައްކަތްކުރާ ޑޮކްޓަރަކަށްވުން.

 

 

ހުށަހަޅަންޖެހޭ ތަކެތި

  1. މެޑިކަލް އެސޯސިއޭޝަނުގެ ލިޔުމެއް ނުވަތަ ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ ޑޮކްޓަރެއްކަން އަންގައިދޭ ލިޔުމެއް.
  2. އަތޮޅުތެރޭގައި މަސައްކަތްކުރާ ޑޮކްޓަރެއްނަމަ، މަސައްކަތްކުރާ ތަނަކުން ބައްދަލުވުން އޮންނަ ދުވަހަށް ވީއްލާނެކަމުގެ ލިޔުން.
  3. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ އަސްލާ އެއްގޮތަށްކަމަށް ރަސްމީ ފަރާތެއްގެ ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ލިއުމެއް)
  4. ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  5. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު.

ދާއިރާ

ޤާނޫނު ނަންބަރު 8/2010 ގެ 5 ވަނަ މާއްދާގެ (ހ) (5) ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ޖަމްޢިއްޔާ ނުވަތަ އެފަދަ މީހުންނަށް ޚިދުމަތްދޭ ޖަމްޢިއްޔާތަކުން އިންތިޚާބުކުރާ މެންބަރެއް.

 

ޝަރުޠުތައް

- ކައުންސިލުގެ ބައްދަލުވުންތަކުގައި ބައިވެރިވެވޭނެ މީހަކަށްވުން.

- ހޯމް މިނިސްޓްރީގައި ރަޖިސްޓަރީ ކޮށްފައިވާ ޖަމްޢިއްޔާއަކަށްވުން.

- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކުރާ ޖަމްޢިއްޔާއަކަށްވުން.

- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކުރުމުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށްފައިވާ ޖަމްޢިއްޔާއަކަށްވުން.

 

ހުށަހަޅަންޖެހޭ ތަކެތި

  1. ކްލަބް/ ޖަމްޢިއްޔާތަކުގެ ރަޖިސްޓަރީ.
  2. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ، އަސްލާ އެއްގޮތަށްކަމަށް ރަސްމީ ފަރާތެއްގެ ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ލިއުމެއް)
  3. ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު.

ދާއިރާ

ޤާނޫނު ނަންބަރު 8/2010 ގެ 5 ވަނަ މާއްދާގެ (ހ) (6) ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރެއް.

ޝަރުޠުތައް

- ކައުންސިލް ބައްދަލުވުންތަކުގައި ބައިވެރިވެވޭނެ މީހަކަށްވުން.

- ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގައި ރަޖިސްޓަރީކޮށްފައިވާ ފަރާތަކަށްވުން.

 

 

ހުށަހަޅަންޖެހޭ ތަކެތި

1. ނުކުޅެދުންތެރިކަން ހުންނަ ފަރާތެއްކަން އަންގައިދޭ ލިޔުމެއް ނުވަތަ ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގައި ރަޖިސްޓަރީވެފައިވުން.

2. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ، އަސްލާ އެއްގޮތަށްކަމަށް ރަސްމީ ފަރާތެއްގެ ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ލިއުމެއް)

3. ކުރިމަތިލާ ފަރާތުގެ ވަނަވަރު.

4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު.

އެލަވަންސް

-/5000 ރުފިޔާ

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

- ޤާނޫނު ނަންބަރު 8/2010 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި، މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު) ދަށުން އެކުލަވައިލާފައިވާ ކައުންސިލުގެ މެންބަރެއްގެގޮތުގައި މަސައްކަތްކުރުން.

- ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި، އެފަދަ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ ބައްދަލުވުންތަކުގައި މަޝްވަރާއާއި ޚިޔާލުދިނުމާއި ކައުންސިލްގެ މެންބަރެއްގެގޮތުގައި އެހީތެރިވުން.

ސުންގަޑި

2015 ޑިސެންބަރު 6 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރއަށެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރަން ގުޅާނީ، 3013017 ނަންބަރު ފޯނަށެވެ. 

3 ޞަފަރު 1437

15 ނޮވެންބަރު 2015