ދިވެހިރާއްޖެ
އިޢުލާން
ތިނަދޫ ސިޓީގެ މަލަމަތި ރީތި ކުރުމުގެ ޕްރޮޖެކްޓްގެ ދަށުން ލޯކަލް މާރުކޭޓް ސަރަޙައްދުގައި ހިތް ފަސޭހަ މައިޒާނެއް ތަރައްޤީ ކުރުމާ ގުޅޭ
މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ތިނަދޫ ސިޓީގެ މަލަމަތި ރީތި ކުރުމުގެ ޕްރޮޖެކްޓްގެ ދަށުން ލޯކަލް މާރުކޭޓް ސަރަޙައްދުގައި ހިތް ފަސޭހަ މައިޒާނެއް ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު 415/415/2025/193(IUL) ,IUL)415/415/2025/211 އިއުލާނުގެ ދަށުން އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައި ނުވާތީ، މި މަސައްކަތަށް އަލުން އިއުލާނު ކުރަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާ ގުޅޭ މަޢުލޫމާތު ކަރުދާސް މެއިލް މެދުވެރިކޮށް ބީލަމުގެ ރެޖިސްޓްރީ ކުރުމުގެ މުއްދަތު ހަމަވުމުން، ރަޖިސްޓަރ ކުރައްވާ ހުރިހާ ފަރާތްތަކަށް ފޮނުވޭނެއެވެ. ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 05 ޖެނުއަރީ 2026 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިމިވާ ލިންކް މެދުވެރިކޮށް ރެޖިސްޓްރީ ކުރެއްވުން އެދެމެވެ.
BID REGISTRATION FORM - THINADHOO CITY COUNCIL – Fill out form
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 14 ޖެނުއަރީ 2026 ވާ ބުދަ ދުވަހުގެ 11:00 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
|
|
ތާރީޚް |
ގަޑި |
ތަން |
|
ބީލަމަށް ރަޖިސްޓްރީކުރެއްވުން |
25 ޑިސެމްބަރ 2025 އިން 05 ޖެނުއަރީ 2026 އަށް |
05 ޖެނުއަރީ 2026 ގެ 13:00 ގެ ކުރިން |
ލިންކް މެދުވެރިކޮށް |
|
ބީލަން ހުށަހެޅުން |
14 ޖެނުއަރީ 2026 |
11:00 |
ތިނަދޫ ސިޓީ ކައުންސިލް އިދާރާގެ މީޓިންގް ރޫމް |