މަސައްކަތް
ނަންބަރު: (IUL) 438/438/2015/304
ޕަބްލިޝްކުރި ތާރީޚް: 16 ނޮވެންބަރު 2015
ޕަބްލިޝްކުރި ގަޑި: 17:14
ސުންގަޑި: 25 ނޮވެންބަރު 2015 12:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އައިލެންޑް ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ކޮމްޕޯސްޓް ޕެޑް މަރާމާތުކުރުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ޅ.ނައިފަރުގައި ޤާއިމުކޮށްފައިވާ އައިލެންޑް ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ކޮމްޕޯސްޓް ޕެޑް މަރާމާތުކުރުން- ރީޓެންޑަރ:

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން ޅ.ނައިފަރުގައި ޤާއިމުކޮށްފައިވާ އައިލެންޑް ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ކޮމްޕޯސްޓް ޕެޑް މަރާމާތުކުރުމަށް ކުރެވުނު ނަންބަރު: IUL) 438/438/2015/292) އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.

މިމަސައްކަތަށް ބީލަން ހުށަހެޅުމަށް ޝައުޤުވެރިވާ ފަރާތްތަކުން 25 ނޮވެންބަރު 2015ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އީމެއިލް އެޑްރެހަށް ލިޔުމަކުން ބީލަން ހުށަހެޅުމުގެ ޝައުޤުވެރިކަން ފާޅުކުރެއްވުމުން ސޮފްޓްކޮޕީ ފޯމެޓްގައި ބީލަންފޮތް ފޮނުވައިދެވޭނެއެވެ. ލިޔުމުގައި ކުންފުނީގެ ނަން، ގުޅޭނެ ނަންބަރު އަދި އީމެއިލް އެޑްރެސް ލިޔެވިފައި އޮންނަންވާނެއެވެ.

   މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

   ގްރީން ބިލްޑިންގ

   ހަނދުވަރީ ހިނގުން، މާފަންނު،

   މާލެ، 20392، ދިވެހިރާއްޖެ

   ޓެލެފޯން 415 3018 960+

   އީ މެއިލް: [email protected]

މިމަސައްކަތަށް ބީލަން ހުޅުވުން އޮންނާނީ 26 ނޮވެންބަރު 2015ވާ ބުރާސްފަތި ދުވަހުގެ 11:00ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

16 ނޮވެންބަރު 2015