ތަމްރީނު
ނަންބަރު: (IUL)160-AS/1/2025/191
ޕަބްލިޝްކުރި ތާރީޚް: 24 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 14:53
ސުންގަޑި: 18 ޖަނަވަރީ 2026 13:00
ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
ދިވެހިރާއްޖެ
ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒު (މާލެ) 2026 ވަނަ އަހަރުގެ ފުރަތަމަ ސެމިސްޓަރގައި ކޯސްތައް ފެށުމަށް

      ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒު (މާލެ) 2026 ވަނަ އަހަރުގެ ފުރަތަމަ ސެމިސްޓަރގައި ތިރީގައި މި ދަންނަވާ ކޯސްތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

  1.  ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒު  (މާލެ):

  • ޤިރާއަތު ސެޓްފިކެޓް 1: މެންދުރުފަސް.
  • ޤިރާއަތު ސެޓްފިކެޓް 2: ހެނދުނު.
  • ޤިރާއަތު ސެޓްފިކެޓް 3: ހެނދުނު.
  • ޤިރާއަތު ސެޓްފިކެޓް 4: މެންދުރުފަސް.

ޝަރުތު

ކޯސް

ޖެނަރަލް އެންޓްރީ ކްރައިޓީރިއާ

އޮލްޓަރނޭޓިވް އެންޓްރީ ކްރައިޓީރިއާ

ޤިރާއަތު ސެޓްފިކެޓް 1

އަސާސީ ތަޢުލީމުގެ ފެންވަރު ހުރުމާއެކު (ގުރޭޑް 6 ނިންމާފައިވުން) އަދި ކިޔަވައިދޭ ބަހުން މުޢާމަލާތުކުރަން އެނގުން.

އުމުރުން 16 އަހަރު ފުރިފަވުމާއެކު އަދި ކިޔަވައިދޭ ބަހުން މުޢާމަލާތުކުރަން އެނގުން.

ޤިރާއަތު ސެޓްފިކެޓް 2

ޤުރްއާނުގެ ދާއިރާގެ ސެޓްފިކެޓް 1 ހާސިލުކޮށްފައި އޮތުން.

-

ޤިރާއަތު ސެޓްފިކެޓް 3

ޤުރްއާނުގެ ދާއިރާގެ ސެޓްފިކެޓް 2 ހާސިލުކޮށްފައި އޮތުން.

 

ޙާފިޡްކަމުގެ ސަނަދު އޮވެފައި، އެމް.ކިޔު.އޭ. ގެ އެންޓްރީ "ކްރައިޓީރިއާ ފޮރ އެމް.އެން.ކިޔު.އެފް ކޮލިފިކޭޝަންސް" ގައިވާ އެންމެ ދަށް މިންގަޑަށް ފެތި (އުމުރުން 18 އަހަރު ފުރިފައިވުމާއެކު، ކިޔަވާ ބަހަކުން މުޢާމަލާތުކުރަން އެނގުން) އަދި ދެވޭ އިމްޙާނަކުން ފާސްވުން.

ޤިރާއަތު ސެޓްފިކެޓް 4

"އިސްލާމް" މި މާއްދާ ހިމެނޭގޮތަށް ދަށު ސާނަވީގެ 3 ފާސް އޮތުން. ނުވަތަ،

ޤުރްއާނުގެ ދާއިރާގެ ސެޓްފިކެޓް 3 ހާސިލުކޮށްފައި އޮތުން.

-

ކޯހުގެ މުއްދަތު

ކޯސް

މުއްދަތު

ޤިރާއަތު ސެޓްފިކެޓް 1

10 ހަފްތާ

ޤިރާއަތު ސެޓްފިކެޓް 2

15 ހަފްތާ

ޤިރާއަތު ސެޓްފިކެޓް 3

26 ހަފްތާ

ޤިރާއަތު ސެޓްފިކެޓް 4

1 އަހަރު

 

މި ކޯސްތަކުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން މި މަރުކަޒުގެ އެޕްލިކޭޝަން ޕޯޓަލް https://portal.nchq.gov.mv/ މެދުވެރިކޮށް 18 ޖަނަވަރީ 2026 ގެ 13:00 ގެ ކުރިން އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އިންޓަރވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ 25 ޖަނަވަރީ 2026 އިން 29 ޖަނަވަރީ 2026 އާއި ދެމެދު އެވެ.

24 ޑިސެންބަރު 2025