ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)ASMH-Procure/ASMH/2025/122
ޕަބްލިޝްކުރި ތާރީޚް: 24 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 13:25
ސުންގަޑި: 06 ޖަނަވަރީ 2026 10:00
ޑރ. ޢަބްދުއް ޞަމަދު މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
އޯތޯ އިލެކްޓިވް ސާޖަރީތަކަށް ބޭނުންވާ އިމްޕްލާންޓްސް އަދި ކޮންޒިއުމަބަލްސް ހޯދުން

     ނަންބަރު : (IUL)ASMH-Procure/ASMH/2025/122

 

އިޢުލާން

 

އިމްޕްލާންޓްސް އަދި ކޮންޒިއުމަބްލްސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

            ޑރ.ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އޯތޯ އިލެކްޓިވް ސާޖަރީތަކަށް ބޭނުންވާ އިމްޕްލާންޓްސް އަދި ކޮންޒިއުމަބްލްސް 1 އަހަރުދުވަހުގެ މުއްދަތަށް ސަޕްލައިކޮށްދޭނެފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން ޑރ. އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ބިޑް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބިޑުގައި ރަޖިސްޓްރީވުމަށް 31 ޑިސެމްބަރ 2025 ވަނަދުވަހުގެ 10:00  ގެކުރިން މިހޮސްޕިޓަލްގެ އީމެއިލް އެޑްރެސް [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލްކޮށް ނުވަތަ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އޮފީހަށް ވަޑައިގެންރެޖިސްޓްރޭޝަން ފޯމްހުށަހަޅުއްވުން އެދެމެވެ. ރެޖިސްޓަރީ ކުރައްވާފައިނުވާ ފަރާތްތަކަށާއި، ކަނޑައެޅިފައިވާ ގަޑީގެފަހުން ގެންނަ އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުން: 31 ޑިސެމްބަރ 2025، 13:00 ގެ ކުރިން [email protected] އަށް މެއިލްކޮށްގެން ނުވަތަ ރަސްމީ ގަޑީގައި  6845161 ނަންބަރ ފޯނަށް ގުޅުއްވައިގެން.

އަންދާސީ ހިސާބް ހުށަހެޅުން:  06 ޖަނަވަރީ 2026، 10:00 އަށް

ތަން: ޑރ. އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އޮފީސް އިމާރާތުގެ މީޓިންގ ރޫމް (1 ވަނަ ފަންގިފިލާ) 

24 ޑިސެންބަރު 2025