ދިވެހިރާއްޖެ
އިޢުލާން
އިޖްތިމާޢީ ސަރަހައްދުތަކުގައި ތަކެތި ބެހެއްޓުމުގެ ޤަވާޢިދަށް ޚިޔާލު ހޯދުން:
ޤާނޫނު ނަންބަރު 2010/07 ( ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ) ގެ 151 ވަނަ މާއްދާއިން ރަށު ކައުންސިލްތަކަށް ލިބިދޭ ބާރުގެ ދަށުން އިޖުތިމާޢީ ޞަރަޙައްދުތަކުގައި ތަކެތި ބެލެހެއްޓުމުގެ ޤަވާޢިދެއްވަނީ އެކުލަވާލެވިފައެވެ. މިޤަވާޢިދު މިއިޢުލާނާއެކު ރައްޔިތުންގެ ޚިޔާލަށްވަނީ އާންމުކުރެވިފައެވެ. މިޤަވާޢިދު ހެދުމުގެ މައިގަނޑު މަޤްޞަދަކީ ދަރަނބޫދޫއަކީ ސާފުތާހިރު ތަހުޒީބު ރައްޔިތަކު ދިރިއުޅޭ، ހިތްފަސޭހަ ރަށަކަށް ހެދުމާއި، ރަށުގެ މޫނުމަތީ ޞަރަޙައްދަކީ ސާފުތާހިރު ހިތްގައިމު ތަނެއްގެ ގޮތުގައި ބޭއްވުމަށް މަގުފަހިކުރުމެވެ.
ވީމާ، އިޖުތިމާޢީ ޞަރަޙައްދުތަކުގައި ތަކެތި ބެލެހެއްޓުމުގެ ޤަވާޢިދަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބޭނުންވާތީ 2026 ޖަނަވަރީ 04 ވާ އާދީއްތަ ދުވަހުގެ މފ 14:00 ގެ ކުރިން ޚިޔާލެއް އޮތް ނަމަ އެކަން ބަޔާންކޮށް މިއިދާރާއަށް ލިޔުމުން ހުށަހެޅުއްވުން އެދެމެވެ. މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާ ނަމަ މިއިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް މެއިލް ކުރައްވައިގެން ނުވަތަ ރަސްމީ ގަޑީގައި 6740015 ނަންބަރު ފޯނާއި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.