ދިވެހިރާއްޖެ
"ޑިޒައިން އެންޑް ބިލްޑް ކޮންޓްރެކްޓް ފޯރ ދަ ޑިވެލޮޕްމަންޓް ނޯތު ބޮޑުތަކުރުފާނުމަގު - ފޭސް 2 ޕްރޮޖެކްޓް" ގެ މަސައްކަތް، 2025 ޑިސެމްބަރު 8 ވަނަ ދުވަހުން ފެށިގެން 03 (ތިނެއް) މަސްދުވަހުގެ މުއްދަތަށް ކުރިއަށްދާއިރު، މާލެ ނޯތު ހާބަރުގެ ޚިދުމަތް ހޯދާ އުޅަނދުފަހަރުތަކަށް ވަގުތީ ގޮތުން ޖާގަ ދިނުމަށްޓަކައި، ޖެޓީ ނަންބަރު 1 ( އެމް.އެމް.އޭ ކުރިމަތި) ސަރަޙައްދުން ބައެއް ވަނީ މާލޭ ނޯތު ހާބަރަށް ހަމަޖައްސަވައި ދެއްވާފައެވެ. އެހެންކަމުން، ދެންނެވިފައިވާ މުއްދަތުގައި މާލެ ނޯތު ހާބަރުގެ ޒޯން އޭ ގައި އަޅާފައިވާ ފަސިންޖަރުންނާއި މުދާ އުފުލާ އުޅަނދުފަހަރުތައް ޖެޓީ ނަންބަރު 1 (އެމް.އެމް.އޭ ކުރިމަތި) ސަރަޙައްދަށް ބަދަލުކޮށް، ޚިދުމަތް ދިނުމުގައި އެއްވެސް ފީ އެއް ނުނަގާނެ ވާހަކަ ދަންނަވަމެވެ. އަދި ދެންނެވިފައިވާ ސަރަޙައްދު ބޭނުންކުރަން ހަމަޖެހިފައިވާ ގޮތް ތިރީގައި އެވަނީއެވެ.
ޖެޓީ ނަންބަރު 1 (އެމް.އެމް.އޭ ކުރިމަތި) ސަރަޙައްދު ބޭނުންކުރަން ހަމަޖެހިފައިވާ ގޮތް:
1. މި ސަރަޙައްދަށް އުޅަނދުފަހަރުތައް ވަދެ ކައިރިކޮށް އަދި ބޭއްވޭނީ މާލެ ނޯތު ހާބަރުގެ ހުއްދަ ލިބިގެންނެވެ.
2. މި ސަރަޙައްދުގެ ކީވޯލަށް އުޅަނދުފަހަރުތައް ކައިރި ކުރެވޭނީ މާލެ ނޯތު ހާބަރުގެ ޒޯން އޭ (އެއްގަމު ތޮށި) ކިޔު ތަރުތީބުންނެވެ.
3. މި ސަރަޙައްދު ކީވޯލުގައި އުޅަނދުފަހަރުތައް ބޭއްވޭނީ ގިނަވެގެން 10 (ދިހައެއް) ދުވަހުގެ މުއްދަތަށެވެ. އަދި މި މުއްދަތަށް ވުރެ އިތުރަށް އުޅަނދުފަހަރުތައް ކީވޯލުގައި ބޭއްވުމަށް ބޭނުންކަމުގައިވާނަމަ، އުޅަނދުފަހަރުތައް ކީވޯލާއި ކައިރި ކުރެވޭނީ އަލުން ކިޔުގައި ނޯޓުކޮށް ކިޔު ތަރުތީބުންނެވެ.
މަތީގައި ދެންނެވިފައިވާ ގޮތަށް މި ކުންފުނިން ޢަމަލުކުރުމަށް ނިންމާފައިވަނީ، ހުރިހާ އުޅަނދުފަހަރުތަކަށް އެއްހަމައަކާއި އެއްއުޞޫލަކުން ޚިދުމަތް ދިނުމުގެ ބޭނުމުގައިކަން ދަންނަވަމެވެ.
ވީމާ، މި ވާހަކަ، މާލެ ނޯތު ހާބަރުގެ "ޒޯން އޭ" އިން ޚިދުމަތް ހޯދާ އުޅަނދުފަހަރުތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.