ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)267-WDC/267/2025/97
ޕަބްލިޝްކުރި ތާރީޚް: 23 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 14:29
ސުންގަޑި: 28 ޑިސެންބަރު 2025 10:00
ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ. ކުމުންދޫގައި ފަތްކެޔޮ ދަނޑެއް ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދުން

ހދ.ކުމުންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއާރ ގުޅިގެން ތަރައްޤީކުރާ ފަތްކެޔޮ ދަނޑު ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުންއެދެމެވެ.

އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 28 ޑިސެމްބަރ 2025 ވާ އަންގާރަ ދުވަހުގެ 10:00 ގެ ކުރިން އޮންލައިންކޮށް ތިރީގައިވާ ލިންކުން ފޯމް ހުށަހަޅާ ރަޖިސްޓްރީވުމަށް އެދެމެވެ. މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާކަމުގައި ދަންނަވަމެވެ.

ލިންކް: https://forms.office.com/r/1YBMVfZw7D?origin=lprLink

ތަފްސީލް

ތާރީޚް

ގަޑި

ސުވާލެއްވާނަމަ އީމެއިލް ކުރައްވަންވީ ސުންގަޑި

އީމެއިލް: [email protected]

28 ޑިސެމްބަރ 2025 (އާދިއްތަ)

10:00

ރަޖިސްޓަރ ވުމުގެ ސުން ގަޑި

28 ޑިސެމްބަރ 2025 (އާދިއްތަ)

10:00

ޕްރީ ބިޑް ބައްދަލުވުން

28 ޑިސެމްބަރ 2025 (އާދިއްތަ)

13:00

އަންދާސީ ހިސާބު ހުށަހެޅުން

31 ޑިސެމްބަރ 2025 (ބުރާސްފަތި)

13:00

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ކުމުންދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. އަންދާސީ ހިސާބު ހުށަހެޅުމުގައި ބައިވެރިވެވޭނީ ބިޑްގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި އަދި އިޢުލާނު ކުރެވިފައިވާ މަސައްކަތާއި ގުޅޭ ވިޔަފާރީގެ ހަރަކާތްތައް ރަޖިސްޓްރީ ކޮށް ފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

23 ޑިސެންބަރު 2025