ދިވެހިރާއްޖެ
އިޢުލާން
އައްޑޫ ސިޓީ ރޯދަ ކާނިވަލް
އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން 2026 ފެބްރުއަރީ 01 އިން 2026 ފެބްރުއަރީ 15 އަށް ހިތަދޫ ސްޓޭޖް ސަރަހައްދުގައި "ރޯދަ ކާނިވަލް" ނަމުގައި ބާޒާރެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. މި ކާނިވަލްގައި ކޮންމެ ދުވަހަކު ހަވީރު 16:00 އިން ރޭގަނޑު 23:00 އަށް ބާޒާރު ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ބާޒާރުގައި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކާއި، އޮންލައިން ވިޔަފާރިތަކާއި، ވިޔަފާރި ރެޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކާއި އަމިއްލައަށް އުފެއްދުންތެރި ކާނާގެ ބާވަތްތަކުގެ ވިޔަފާރިތަކަށް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. މި ބާޒާރުގައި ވިއްކޭނީ ރާއްޖޭގައި ވިޔަފާރި ކުރުމަށް ހުއްދަ ކޮށްފައިވާ ތަކެއްޗެވެ.
މި ބާޒާރުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް 10 ފޫޓް 10 ފޫޓްގެ ސްޓޯލެއް ކައުންސިލުން ދިނުމަށް ހަމަޖެހިފައިވެއެވެ. 15 ދުވަހުގެ މުއްދަތަށް ހިންގޭ މި ބާޒާރުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 1500/- ރުފިޔާ ފީއެއްގެ ގޮތުގައި ނެގުމަށް ވަނީ ހަމަޖެހިފައެވެ.
ވީމާ، މި ބާޒާރުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 2026 ޖެނުއަރީ 08 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ނިޔަލަށް ތިރީގައިވާ ގޫގުލް ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމުގައި އާންމުކޮށް އިޢުލާން ކުރީމެވެ.
ސްޓޯލްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ ގޫގުލް ފޯމުގެ ލިންކް: https://forms.gle/oizYQJXbuY77sMac6
03 ރަޖަބު 1447
23 ޑިސެންބަރު 2025