މަސައްކަތް
ނަންބަރު: (IUL)378/378/2025/56
ޕަބްލިޝްކުރި ތާރީޚް: 23 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 11:14
ސުންގަޑި: 28 ޑިސެންބަރު 2025 12:00
ނިލަންދެއަތޮޅު ދެކުނުބުރީ ހުޅުދެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދ.ހުޅުދެލީ އިޖްތިމާއީ ސަރަހައްދު ސާފުކުރުމާ ބެހޭ

2026 ވަނަ އަހަރުގެ ޖެނުއަރީ 01 ވަނަ ދުވަހުން ފެށިގެން 2026 ޑިސެމްބަރ މަހުގެ ނިޔަލަށް، ދ.ހުޅުދެލީ އިޖްތިމާއީ ސަރަހައްދު ސާފުކުރުމަށް ނަންނޯޓް ކުރުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ.

އެގޮތުން ކަނޑައެޅިފައިވާ ގަޑިތަކުގައި ނަންނޯޓްކުރުމަށް ޙާޟިރުވާންވާނީ އައިޑީކާޑް ހިފައިގެން ވެރިފަރާތުންނެވެ. ބަދަލުގައި ނަންނޯޓުކުރުމަށް ހާޟިރުވާންވާނީ ވެރިފަރާތުގެ އައި.ޑީ ކާޑުގެ އަސްލު ނުވަތަ ކޮޕީއެއް ހިފައިގެން އަދި ބަދަލުގައި ނަންނޯޓުކުރުމަށް އަންނަ ފަރާތުގެ އައި.ޑީ.ކާޑާއި ޕަވަރ އޮފް އެޓާރނީ ހިއްޕަވައިގެންނެވެ.

ނަންނޯޓް ކުރުން: ކޮންމެ ރަސްމީ ދުވަހެއްގެވެސް ހެނދުނު 9:30 އިން 12:00 އަށް.

ނަންނޯޓް ކުރުމުގެ އެންމެ ފަހުތާރީޚް: 28 ޑިސެމްބަރ 2025 އާދިއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް.

މިއިއުލާނާއެކު މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް ހިމެނިފައިވާނެއެވެ. މަޢުލޫމާތު ކަރުދާހާއި ގުޅޭގޮތުން  އިތުރަށް ސާފުކުރުމަށް ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ނަންބަރު 6760049 ފޯނާއި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. ނަންނޯޓްކުރުމަށް ކަނޑައެޅިފައިވާ މުއްދަތު ހަމަވުމަށްފަހު ނަންނޯޓުކުރުމާއި ބައިވެރިވުމުގެ ފުރުސަތު މިއަހަރަށް ބަންދުވީ ކަމުގައި ދަންނަވަމެވެ.

ވީމާ،މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.  

23 ޑިސެންބަރު 2025