ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
1. ބީލަމާއި ބެހޭ މަޢުލޫމާތު:
ޕޯސްޓް އޮފީސް މައި އިމާރާތް (ޕޯސްޓް ބިލްޑިންގ)، އަދި މާލެ ސަރަހައްދުގައި ޤާއިމް ކޮށްފައިވާ މިކުންފުނީގެ އޮފީސް އިމާރާތްތަކާއި އައުޓްލެޓްތައް ފޮޅާ ސާފުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ އިޢުލާނު ނަމްބަރ PRC-MPL/IUL/2025/135 އާއި ގުޅިގެން ހިމެނޭ މަޢުލޫމާތު ކަރުދާސް (ޓާރމްސް އޮފް ރެފަރެންސް)އަށް ބަދަލުތަކެއް އައިސްފައިވާތީ، މަތީގައި ދެންނެވިފައިވާ އިޢުލާނު ބާޠިލުކޮށް ބީލަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝަޢުޤުވެރިވާ އެންމެހައި ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚުގައި ޕޯސްޓް ބިލްޑިންގއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި މަސައްކަތާ ގުޅޭ ޓާރމްސް އޮފް ރިފަރަންސް "ޓީ.އޯ.އާރް" މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިއެވަނީއެވެ.
އަދި މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އެހެނިހެން މަޢުލޫމާތު "ޓީ.އޯ.އާރް" ގައި ބަޔާންކުރެވިފައި ވާނެއެވެ.
|
ޕްރީ-ބިޑް މީޓިންގ: |
|
|
ތާރީޚް: |
29 ޑިސެންބަރު 2025 |
|
އެޑްރެސް/ތަން: |
ޕޯސްޓް ބިލްޑިންގ 8ވަނަ ފަންގިފިލާ |
|
ގަޑި: |
11:00 |
|
ބިޑް ޕްރޮޕޯރސަލް ހުށަހެޅުން: |
|
|
ތާރީޚް: |
08 ޖަނަވަރީ 2026 ނޯޓް: ޕްރޮޕޯސަލް ހުށަހަޅަން ހަމަޖެހިފައިވާ ދުވަސް ސަރުކާރު ބަންދު ދުވަހަކަށްވެއްޖެނަމަ، ޕްރޮޕޯސަލް ހުށަހަޅާނީ ދެން އެންމެ ފުރަތަމަ ސަރުކާރު ހުޅުވޭ ރަސްމީ ދުވަހުއެވެ. |
|
އެޑްރެސް/ތަން: |
ޕޯސްޓް ބިލްޑިންގ 8ވަނަ ފަންގިފިލާ |
|
ގަޑި: |
14:00 |
2. ބީލަމާއި ގުޅުންހުރި މުހިންމު ބައެއް މައުލޫމާތު:
- މި ބިޑަށް ޕްރޮޕޯސަލް ހުށަހެޅޭނީ ކަނޑައެޅިފައިވާ ވަގުތަށް ޕްރީ-ބިޑް މީޓިންގއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށް އެކަންޏެވެ. އަދި ޕްރޮޕޯސަލް ހުށަހަޅަން ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހާޒިރުވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
- ބީލަން ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދީފައިވާ ނަން، ބީލަން ހުޅުވަން ކަނޑައަޅާފައިވާ ތާރީޚާއި، ގަޑި، އަދި ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
- މިއިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 07 ޖަނަވަރީ 2026 ވާ ބުދަ ދުވަހުގެ 14:00 ގެކުރިން ތިރީގައިވާ ނަންބަރަށް ގުޅުއްވުން އެދެމެވެ.
- 3009292 – ޕްރޮކިއުމަންޓް ޔުނިޓް
- [email protected]