ދިވެހިރާއްޖެ
އިޢުލާން
ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީން ގެނައުމަށް ކޯޓާ ހޯދުމަށް އެދި މި ޑިޕާޓްމަންޓަށް ހުށަހަޅުއްވާފައިވާ އެޕްލިކޭޝަންތަކުގައި ބަޔާންކޮށްފައިވާ ވަޒީފާ ދޭ ފަރާތުގެ ފޯނު ނަންބަރާއި އެޑްރެސް ފަދަ މަޢުލޫމާތު ބޭނުންކޮށްގެން ވަޒީފާ ދޭ ފަރާތްތަކަށް ގުޅުމަށް މި ޑިޕާޓްމަންޓުން މަސައްކަތްކުރި ނަމަވެސް، އެ ފޯނު ނަންބަރު ތަކުން އެ ފަރާތްތަކާ ނުގުޅޭ ކަމަށާއި އެ އެޑްރެހުގައި އޮފީސް ނުހުންނަކަން ނުވަތަ ވަޒީފާ ދޭ ފަރާތް ނޫޅޭ ކަމަށް ވަނީ ފާހަގަ ކުރެވިފައެވެ.
ވީމާ، ވަޒީފާ ދޭ ފަރާތާ ގުޅޭގޮތުން މި ޑިޕާޓްމަންޓަށް ހުށަހަޅުއްވާފައިވާ އެއްވެސް މަޢުލޫމާތަކަށް ބަދަލު އައިސްފައިވާނަމަ، 30 ނޮވެންބަރު 2015 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މި ޑިޕާޓްމަންޓްގެ ޕާރމިޓްސް އެންޑް ފޮރިން އެމްޕްލޯއިމަންޓް ޑިވިޜަން (ހުރަވީ ބިލްޑިންގ، 3 ވަނަ ފަންގިފލާ) އަށް ލިޔުމުން އެކަން އެންގެވުމަށް ދެންނެވީމެވެ.
އަދި ދަންނަވަމަވެ. ގަވައިދާ ޚިލާފަށް ވަޒީފާ އަދާކުރާ ބިދޭސީންގެ ތެރެއިން، އެ ބިދޭސީންގެ ޤައުމަށް އަމިއްލަ ޚަރަދުގައި އެނބުރި ދާން ބޭނުންވާ ބިދޭސީންނާއި މި ޑިޕާޓްމަންޓުން ކުރިއަށްގެންދާ ޝެއަރޑް ރެސްޕޮންސިބިލިޓީ ޕްރޮގްރާމްގެ ދަށުން ވަޒީފާ ދޭ ފަރާތް ބަދަލުކުރުމަށް އެދި ހުށަހަޅާ ބިދޭސީންގެ ވަޒީފާ ދޭ ފަރާތާ މި ޑިޕާޓްމަންޓުން ގުޅަންޖެހޭ ހާލަތްތަކުގައި އެ ފަރާތްތަކާ ގުޅޭނެކަމަށް މި ޑިޕާޓްމަންޓަށް ދީފައިވާ ފޯނު ނަންބަރުތަކުން ނުގުޅިއްޖެ ނަމަ، މި ޑިޕާޓްމަންޓުން ކަނޑައަޅާ އުސޫލެއްގެ ދަށުން އެފަދަ ބިދޭސީންނާ މެދު ޢަމަލުކުރެވޭނޭ ވާހަކަ ވެސް ދެންނެވީމެވެ.
03 ޞަފަރު 1437