ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)472/472/2025/146
ޕަބްލިޝްކުރި ތާރީޚް: 22 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 15:32
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
ދެ ފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދުގެ ރަޖިސްޓްރޭޝަން މަރުހަލާގައި ބޭނުންވާ ގަރާޖު ހުއްދައާ ގުޅޭ

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ދެ ފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދުގެ ރަޖިސްޓްރޭޝަން މަރުހަލާގައި ބޭނުންވާ ގަރާޖު ހުއްދަ ނެގުމުގައި ރައްޔިތުންނަށް ކުރިމަތިވަމުންދާ ދަތިތަކަށް  ލުޔެއް ހޯދައި ދިނުމުގެ ގޮތުން، 2026 ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން އަންނަނިވި ފަދައިން އަމަލު ކުރުމަށް ނިމްމާފައިވާ ކަމުގައި ދެންނެވީމެވެ.

 

  • ގަރާޖު ލާޒިމްކުރުމުގެ ކުރިން (2009 ވަނަ އަހަރުގެ ކުރިން) ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކާއި، ގަރާޖު ލާޒިމްކުރި ފަހުންވެސް ސައްޙަ ގަރާޖަކާ ނުލައި ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކުގެ ވެރިފަރާތް ބަދަލުކުރުމުގައި، އިތުރު ގަރާޖު ލިޔުމަކާނުލައި އެ އުޅަނދު މިހާރު ރަޖިސްޓްރީކޮށްފައިވާ ޒޯނުގެ ތެރޭގައި ވެރިފަރާތް ބަދަލު ކުރުން. އަދި ސައްޙަ ގަރާޖަކާއެކު ރަޖިސްޓްރީކޮށްފައިވާ އުޅަނދެއްނަމަ އެ އުޅަނދު ރަޖިސްޓްރީކޮށްފައިވާ ގަރާޖުގައި އުޅަނދު ބޭއްވުމާމެދު ގަރާޖުގެ ވެރިފަރާތުގެ އިޢުތިރާޒެއް ނެއްކަމުގެ ލިޔުމާއެކު އެ އުޅަނދުގެ ވެރިފަރާތް ބަދަލުކުރެވޭ ގޮތަށް ނިންމުން.

 

  • 2026 ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން ދެ ފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދުގެ ރަޖިސްޓްރޭޝަން މަރުހަލާގައި މިހާރު މާލެ ސިޓީ ކައުންސިލް އަދި އެޗްޑީސީ އިން ދޫކުރަމުންދާ އުޅަނދު ގަރާޖުކުރުމުގެ ހުއްދަ، އުޅަނދު ރަޖިސްޓްރީ ކުރުމުގައި ބޭނުން ނުވާނެކަމާއި ރަޖިސްޓްރީ ކުރުމަށްޓަކައި ހަމައެކަނި ހުށަހަޅަންޖެހޭނީ އުޅަނދު ބޭއްވުމަށް ބޭނުންކުރާ ތަނަކީ ގަރާޖެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ތަނެއްކަން އަންގައިދޭ ލިޔުމާއި އަދި ގަރާޖުގައި އުޅަނދު ބޭއްވުމާމެދު ގަރާޖުގެ ވެރިފަރާތުގެ އިއުތިރާޒެއް ނެއްކަމުގެ ލިޔުން ކަމުގައި ނިންމައި، މިކަން  ޢާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.
22 ޑިސެންބަރު 2025