ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)472/472/2025/148
ޕަބްލިޝްކުރި ތާރީޚް: 22 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 15:31
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
ބައުވެ ހަލާކުވެ ނުވަތަ ނައްތާލަން ބޭނުންވާ އެއްގަމު އުޅަނދުގެ ރަޖިސްޓަރީ ބާތިލް ކުރުމާ ގުޅޭ

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތައް ބައުވެ ހަލާކުވެ ނައްތާލަން ބޭނުންވާ ޙާލަތްތަކުގައި، އުޅަނދުގެ ރަޖިސްޓްރީ ބާޠިލްކުރުމާއި އުޅަނދު ނައްތާލުމުގައި ރައްޔިތުންނަށް ދިމާވަމުންދާ ދަތިތަކަށް ލުޔެއް ދިނުމުގެ ގޮތުން، މި ވުޒާރާއިން ތިރީގައި ބަޔާންކޮށްފައިވާ ފަދައިން އަމަލުކުރުމަށް ނިންމާފައިވާ ކަމުގައި ދެންނެވީމެވެ.

 

  • އުޅަނދާ ގުޅިގެން އަރާފައިވާ އަހަރީފީ ތަކާއި ޖޫރިމަނާ ހުރި ކަމުގައިވީނަމަވެސް، 2026 ޖަނަވަރީ 01 ވަނަ ދުވަހުން ފެށިގެން  އުޅަނދުގެ ރަޖިސްޓްރީ ބާޠިލްކުރެވޭ ގޮތަށް ނިންމުން.
  • މިގޮތަށް ނިންމިނަމަވެސް، އުޅަނދުގެ ރަޖިސްޓްރީ ބާޠިލްކުރުމާ ހަމައަށް ނުދައްކާހުރި އަހަރީ ފީ އާއި ޖޫރިމަނާއަކީ، އުޅަނދުގެ ވެރިފަރާތުން ދައުލަތަށް ދައްކަންޖެހޭ ފައިސާގެ ގޮތުގައި ދެމެހެއްޓުން.

 

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.

22 ޑިސެންބަރު 2025