ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)94-V/1/2015/43
ޕަބްލިޝްކުރި ތާރީޚް: 10 ނޮވެންބަރު 2015
ޕަބްލިޝްކުރި ގަޑި: 15:50
ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން
ދިވެހިރާއްޖެ
ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ވީޒާއަށް އެދި މެޑިކަލް ހުށަހެޅުމާބެހޭ

އިޢުލާން

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ވީޒާއަށް އެދި މެޑިކަލް ހުށަހެޅުމާއި ބެހޭ:

1 ޖަނަވަރީ 2016 އިން ފެށިގެން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ވޯކްވީިޒާއަށް އެދި އެޕްލިކޭޝަން ބަލައިގަންނާނީ މިފަދަ މެޑިކަލް ހެއްދުމަށް ހުއްދަ ދެވިފައިވާ ރާއްޖޭގެ ކަމާބެހޭ ހޮސްޕިޓަލް ނުވަތަ ކްލިނިކްއަކުން އެންޑޯޒްކޮށް ދޫކޮށްފައިވާ 6 (ހައެއް) މަސް ހަމަނުވާ މެޑިކަލް ރިޕޯޓެއް ހުށަހެޅުމުން ކަމުގައި ދެންނެވީމެވެ.

1 ޖަނަވަރީ 2016 އިން ފެށިގެން ވޯކްވީޒާ ނޫން އެހެން ހުރިހާ  ކެޓަގަރީތަކަކަށް ބިދޭސީންނަށް ވީިޒާއަށް އެދި އެޕްލިކޭޝަން ބަލައިގަންނާނީ މިފަދަ މެޑިކަލް ހެއްދުމަށް ހުއްދަ ދެވިފައިވާ ރާއްޖޭގެ ކަމާބެހޭ ހޮސްޕިޓަލް ނުވަތަ ކްލިނިކްއަކުން އެންޑޯޒްކޮށް ދޫކޮށްފައިވާ މެޑިކަލް ރިޕޯޓެއް ހުށަހެޅުމުންނެވެ. މިގޮތުން ހުށަހަޅާ މެޑިކަލްއަކީ، އެ ކެޓަގަރީއެއްގެ ވީޒާ މުއްދަތަށް ވެލިޑިޓީ އޮތް މެޑިކަލްއެއް ކަމުގައި ވާންވާނެއެވެ.

އަދި، މި އިއުލާނާއެކު މިނިސްޓްރީ އޮފް ހެލްތްގެ ދެންނެވުމުގައި "ވޯރކް ޕާމިޓް މެޑިކަލް" ހެދުމުގައި ކޮންމެހެން ހަދަންޖެހޭ ޓެސްޓްތަކާއި ބަލަން ޖެހޭ ކަންތައްތަކުގެ ލިސްޓް އަދި މެޑިކަލް ރިޕޯޓްގެ ނަމޫނާ މަޢުލޫމާތަށްޓަކައި ހިއްސާކޮށްލީމެވެ.

HB

TC

VDRL

HBsAG

HIV

Chest X-Ray for TB

Physical Examination

28 މުޙައްރަމް 1437

10 ނޮވެންބަރު 2015