މަސައްކަތް
ނަންބަރު: (IUL)413/413/2025/35
ޕަބްލިޝްކުރި ތާރީޚް: 22 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 13:20
ސުންގަޑި: 25 ޑިސެންބަރު 2025 11:00
ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ ކުނި މެނޭޖް ކުރުމާ ބެހޭ:

އިޢުލާން

ރަށުގެ ކުނި މެނޭޖް ކުރުމާ ބެހޭ:

 

                  މި ކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް 1 އަހަރުގެ މުއްދަތަށް، ރަށުގެ ގޭގެއިން ކުނި ނަގައިގެން ކުނި ގޮނޑަށް ގެންގޮސް ކުނި މެނޭޖްކޮށް ބަލަހައްޓާނެ ފަރާތެއް ބޭނުން ވެއްޖެއެވެ. މިކަމާގުޅޭ މަޢުލޫމާތު ދިނުން ދެގޮތަކަށް ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ފުރަތަމަ ގޮތަކީ 25 ޑިސެމްބަރ 2025 ވަނަ ދުވަހު 11:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމެވެ. ދެވަނަ ގޮތަކީ 25 ޑިސެމްބަރ 2025 ވަނަ ދުވަހުގެ 11:00 ގެ ކުރިން މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި [email protected] މެއިލް މެދުވެރިކޮށް ސިޓީއަކުން ހުށަހެޅުއްވުމުން އެފަރާތްތަކަށް މިކައުންސިލުން މަޢުލޫމާތު ޝީޓް ފޯރުކޮށްދިނުމެވެ. ބީލަން ހުށަހެޅޭނީ އިސްވެ ދެންނެވުނު ދެގޮތުން ކުރެ ގޮތަކަށް މަޢުލޫމާތު ސާފުކުރައްވާފައިވާ ފަރާތްތަކަށް އެކައްޏެވެ. މަޢުލޫމާތު ސާފުކުރުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ ލިޔުމެއް އޮންނަން ވާނެއެވެ.

                  ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝަޢުގުވެރިވާ ފަރާތްތަކުން 25 ޑިސެމްބަރ 2025 ވަނަ ދުވަހު 11:00 ގައި މަޢުލޫމާތު ސާފު ކުރެއްވުމަށް ފަހު 29 ޑިސެމްބަރ 2025 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ދުރުވެ ބީލަން ހުށަހެޅުއްވުން އެދެމެވެ. ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ގޮތް މަޢުލޫމާތު ސީޓުގައި ހިމެނިފައިވާނެއެވެ.

                  މިހެންވެ މިކަން ޢާންމުކޮށް އެންގުމައްޓަކާ އިޢުލާން ކުރީމެވެ.

                      22 ޑިސެމްބަރ 2025  

22 ޑިސެންބަރު 2025