މަސައްކަތް
ނަންބަރު: IUL/A/273/2015/45
ޕަބްލިޝްކުރި ތާރީޚް: 16 ނޮވެންބަރު 2015
ޕަބްލިޝްކުރި ގަޑި: 15:03
ސުންގަޑި: 30 ނޮވެންބަރު 2015 11:00
މިލަދުންމަޑުލު އުތުރުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަށިކޯޓު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތްކުރުން

ށ.ގޮއިދޫ ބަށިކޯޓު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތްކުރުން

މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއިން ކުރިއަށްގެންދާ ސްޕޯޓްސް އެރީނާ ކޮންސެޕްޓްގެ ދަށުން ހެދުމަށް ހަމަޖެހިފައިވާ ށ.ގޮއިދޫގައި ތަރައްޤީ ކުރެވޭ ބަށިކޯޓުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

ވީމާ، ށ.ގޮއިދޫ ބަށިކޯޓު ތަރައްޤީ ކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 30 ނޮވެންބަރު 2015 ވާ ހޯމަ ދުވަހުގެ 11:00 އަށް މިލަދުންމަޑުލު އުތުރުބުރީ ގޮއިދޫ ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 6 ޑިސެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މިލަދުންމަޑުލު އުތުރުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.

މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއިދާރާގެ ނަންބަރު 9606540043+ ފޯނާ ގުޅުއްވުމުން ނުވަތަ މިއިދާރާއަށް ވަޑައިގަތުމުން މަޢުލޫމާތު ސާފުކޮށްދެވޭނެއެވެ.

4 ޞަފަރު 1437

16 ނޮވެންބަރު 2015